ސިވިލްކޯޓުގެ އިސް ޤާޟީ ނިމާލް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

ނިމާލު އަވާހަރަވީ ގޭސްޓްރިކް ވެގެން ކުއްލިގޮތަކަށް

ސިވިލްކޯޓްގެ އިސްޤާޟީ އަލްއުސްތާޛް އަޙްމަދު ނިމާލު ޖުނައިދު ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެއެވެ.

ނިމާލު އަވަހާރަވީ ރޭ ދަންވަރު 12 ޖަހާކަށް ހާއިރުއެވެ.

އިޝްތިހާރު Below Header ad

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިމާލު އަވަހާރަވީ ރޭގަނޑުގެ ފަރިއްކޮޅަށްފަހު، ކުއްލި އަކަށް ގޭސްޓްރިކް ވެގެންނެވެ.

އޭގެ ފަހުން ނޭވާ ހާސްވެ ކުއްލިއަކަށް ވިންދު ހުއްޓުމުން ފަރުވާއަށް ވަގުތުން އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އަވަހާރަވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ގއ.މާމެންދޫ އަށް ނިސްބަތްވެ ވަޑައިގަންނަވާ އަލްއުސްތާޛް އަޙްމަދު ނިމާލު އަވަހާރަވީއިރު ޢުމުރުފުޅަކީ 36 އަހަރެވެ.

އޭނާގެ ކަށުނަމާދު އޮންނާނީ ހުޅުމާލެ ސަހަރާ މިސްކިތް (މަސްޖިދު ޒައިދު ބިން ޘާބިތު) ގައި ބުދަ ދުވަހު ( މިއަދު) ގެ މެންދުރު ނަމާދަށް ފަހުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.