ދިވެހިބަހުން ނެރުނު ކީރިތި ޤުރުއާނުގެ ފުރަތަމަ ތަފްސީރު ވެބްސައިޓު ލޯންޗުކޮށްފި

ދިވެހިބަހުން  ފުރަތަމަ ނެރުނު ކީރިތި ޤުރުއާނުގެ ތަފްސީރު ވެބްސައިޓު ލޯންޗުކޮށްފިއެވެ.

ދިވެހިބަހުން ނެރުނު ފުރަތަމަ ޤުރުއާނުގެ ތަފްސީރު ވެބްސައިޓު އުފައްދާފައި މިވަނީ ތަޢުލީމީ ދާއިރާއަށް ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ރާއްޖޭގައި ދެމުން އަންނަ ވިލާ ފައުންޑޭޝަނުގެ ފަރާތުންނެވެ.

އިޝްތިހާރު Below Header ad

އެ ފައުންޑޭޝަނުން ދިވެހި ބަހަށް ތަރުޖަމާކޮށްފައިވަނީ “އައްތަފްސީރުލް ވާޟިޙުލް މުޔައްސަރު” މި ފޮތެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި “ބަޔާންވެގެންވާ ފަސޭހަ ތަފްސީރު” ގެ ނަމުގައި ނެރުނު މި ފޮތަކީ ދިވެހި ބަހުން  ފުރަތަމަ ނެރުނު ޤުރުއާނުގެ ތަފްސީލީ ތަފްސީރެވެ.

ވިލާ ފައުންޑޭޝަނުން ބުނީ މިހާރު އެ ތަފްސީރު، ވެބްސައިޓެއް މެދުވެރިކޮށް ކިޔާލެވޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އައިއޯއެސްއާއި އެންޑްރޮއިޑަށް ޚާއްސަ އެޕްލިކޭޝަނެއް ނެރޭނެކަމަށެވެ.

މި ފޮތް ތަރުޖަމާ ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ. އެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އައްޝައިޚް މުޙައްމަދު ޢަބްދުﷲއެވެ. ޕްރޫފްބެލީ އަބްދުﷲ އަބްދުލް މުހުސިނާއި އިޔާޒް ނަސީމެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި ތަރުޖަމާކޮށް ނިންމި މި ފޮތުގައި 6600 އަށްވުރެ ގިނަ ސަފްހާ ހިމެނެއެވެ.

އޮންލައިން ވެބްސައިޓެއްގެ ގޮތުގައި މި ފޮތް ޢާއްމުންގެ އަތްފޯރާފަށަށް ގެނެސްދިން ވިލާ ފައުންޑޭޝަނުން ބުނީ އެ ތަފްސީރުގެ ބޭނުން ވީހާވެސް ގިނަ ބަޔަކު ހިފުމަކީ އެ މަސައްކަތުގައި އުޅުނު އެންމެންނާއި ވިލާ ފައުންޑޭޝަންގެ އެދުމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.