ޚަބަރު ފީތާ

ފުލުހުން ރެސްޓޯރަންޓަކަށް ވަދެ ގިނަ ބަޔަކު ހައްޔަރުކޮށްފި

ފުލުހުން މާލޭގެ ރެސްޓޯރަންޓަކަށް ވަދެ، އެތަނުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން އެ ރެސްޓޯރަންޓަށް ދެފަހަރެއްގެ މަތިން ވަދެ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައިވާއިރު ހައްޔަރު ކުރި ވަހި އަދަދެއް ޔަގީނެއް ނުވެއެވެ.

އެހެން ނަމަވެސް އެޓޯލް ނިއުސްއަށް މައުލޫމާތު ލިބިނުގޮތުން އެ ރެސްޓޯރަންޓަށް ވަދެ އެތަނުން ފުލުހުން ވަނީ ޖުމްލަ 11 ވަރަކަށް މީހުން ހައްޔަރުކޮށްފައެވެ.

މައުލޫމާތު ލިބުނުގޮތުގައި މި މީހުން ފުލުހުން ހައްޔަރު ކޮށްފައިވަނީ މީރާ އޮފީސް ހުންނަ ސަރަހައްދުގައި ހިންގާ ރެސްޓޯރަންޓެއްގެ ތެރެއިންނެވެ.

%de%83%de%8e%de%83%de%8e%de%8e

ފުލުހުން އެ ރެސްޓޯރަންޓުން ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ރޭ މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތުލިބުނު ގޮތުން އެ ރެސްޓޯރަންޓަށް ވަދެފައިވަނީ އެސްއޯ ފުލުހުންނާއި ފޮރެންސިކް ފުލުހުން ހިމެނޭ ޓީމެކެވެ. ފުލުހުން އެތަނަށް ވަދެ ގިނައަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާއިރު އޭގެތެރެއިން އެކަކުގެ އަތުން ވަނީ ވަޅިއެއް ފެނިފައެވެ.

މިކަމާ ގުޅޭ އިތުރުތަފްސީލެއް ޕޮލިހުން ދެއްވާފައި ނުވާއިރު ފުލުހުން ވިދާޅުވީ މާލެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމައްޓަކައި އޮޕަރޭޝަނެއް ހިންގަމުން ދާ ކަމަށެވެ.

Rate this post