ކެމްޕެއިން ހަރަކާތުގައި އުޅެނިކޮށް އުމަރަށް ހަމަލާދީފި

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ހަމަލާދީފިއެވެ.

މިކަމާ ގުޅިގެން ކުރި ފޭސްބުކް ޕޯސްޓެއްގައި އުމަރު ވިދާޅުވީ، މިއަދު މާލޭގައި އޭނާގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުން ކުރިއަށްދިޔަ ރޯޑް ރެލީގައި އޭނާއާއި ދިމާލަށް ދަގަނޑު އެއްޗެއް އެއްލާ އޭނާގެ މޫނުމަތީގައި ޖަހާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އުމަރު ވިދާޅުވީ، އޭނާއާ ދިމާލަށް ދަގަނޑު އެއްޗެއް އެއްލި މީހާއަކީ މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ. އަދި އެވަގުތު އޭނާ އެތަނުން ފިލާފައިވާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި އޭނާގެ ސެކިއުރިޓީގެ ގޮތުގައި ތިބި ސިފައިން ވަނީ އޭނާގެ ފޮޓޯ ފުލުހުންނާއި ހިއްސާކުރައްވާފައެވެ.

މި ހާދިސާގައި އުމަރަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.