ބޮޑު ޗުއްޓީ އަހަރުގެ ފަހުކޮޅަށް ބަދަލުކުރާނަން: މުއިއްޒު

މުއިއްޒު ވެރިކަމެއްގައި ބޮޑު ޗުއްޓީ އަނބުރާ އަހަރުގެ ފަހުކޮޅަށް ބަދަލުކޮށްދެއްވާނެކަަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން ކަންކަން ނިންމަނީ ރައްޔިތުން ބޭނުންވާ ގޮތް ވެސް ނުބަލާ ކަމަށެެވެ.

އިޝްތިހާރު Below Header ad

ސްކޫލްތަކުގެ ބޮޑުޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރުމަކީ ވެސް އެފަދައިން ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބޮޑު ޗުއްޓީ ޖުލައި މަހުގެ ތެރެއަށް ބަދަލުކުރުމުން ދިމާވަނީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސް ދުވަސްތަކާ ކަމަށްވާތީ އެ ޗުއްޓީގެ ބޭނުމެއް ނުހިފޭ ކަމަށެވެ.

އޭނާ ވިދާޅުވީ ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ލުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އަހަރުގެ މެދުތެރެއަށް ޗުއްޓީ ބަދަލުކުރުމުގެ ވިސްނުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ބައެއް މީހުންނަށް އަހަރުގެ ފަހުކޮޅު ސީޒަން ތެރެއާ ދިމާވާތީ ނިންމި ނިންމުމެކެވެ. ނަމަވެސް މޫސުން ގޯސްވުމުން އެ ދުވަސްވަރު އެ މީހުންނަށް ވެސް ދަތުރުނުކުރެވޭ ކަން މުއިއްޒު ފާހަގަކުރެއްވި އެވެ.

“ބޮޑު ބަންދު އޮތީ ނުބައިކޮށޭ ބަަދަލުކޮށްފައި. އޭގައި އެބަ އޮތް އެއް ސަބަބު. ޓޫރިޒަމް ސެކްޓަރު މީހުންނަށް ޗުއްޓީ ނަގައިގެން ބޭރަށް ދާން ދަތިވާނެ. އެ ބޭފުޅުންނަށް ވެސް ބޭރަށް ދެވެނީ އެއް ނޫން. މި ބަދަލަކީ ރައްޔިތުން ބޭނުންވި ކަހަލަ ބަދަލެއް ނޫން،” މުއިއްޒު ވިދާޅުވި އެވެ.

މިއާއެކު މުޢިއްޒު ވިދާޅުވީ ބޮޑުޗުއްޓީ ބަދަލުކުރުމަކީ އުނދަގޫވާނެކަމަކަށް ވާނެކަމަށާ އެހެންނަމަވެސް، ކަރިކިއުލަމްގެ އެ ނަގަން ޖެހޭ ފިލާވަޅުތައް ނަގައި ހަމަކޮށްގެން 2025ގެ ޖެނުއަރީން ފެށިގެން އަހަރުގެ ފަހުކޮޅަށް ބޮޑުޗުއްޓީ ބަދަލުކުރެވޭނެކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.