މުއިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހަޅައިފި

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޕީއެންސީގެ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފި އެވެ

މުއިއްޒުގެ ކެނޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އެމަނިކުފާނާއެކު، ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އަދި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ގެ އިތުރުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަށް އަދި ކުރީގެ ރައީސް ޔާމީންގެ އިންތިޚާބީ އެޖެންޓް މުހައްމަދު ތޮލާލް ވަޑައިގެންނެވިއެވެ.

އިޝްތިހާރު Below Header ad

ޕީޕީއެމް / ޕީއެންސީ ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެދިވަޑައިގަތީ އެމަނިކުފާނުގެ ކެންޑިޑަސީ މައްސަލަ ސުޕްރީމް ކޯޓުން ނާކާމިޔާބު ވެވަޑައިގަތުމުންނެވެ. ސުޕްރީމްކޯޓުން މައްސަލަ ނިންމެވުމުން ރައީސް ޔާމީން ޕާޓީއަށް ފޮނުއްވި މެސެޖެއްގައި ވަނީ އެމަނިކުފާނުގެ އަސާސީ ހައްގެއް ނިގުޅައިގެންފައިވާކަމަށް ވިދާޅުވެ އިންތިޚާބު ބޮއިކޮޓްކުރުމަށެވެ.

މި މެސެޖާއި އެކު ޕީޕީއެމް ސެނެޓް ބައްދަލުވުން ހޫނުވެ ހަމަނުޖެހުންވަނީ ހިނގާފައެވެ. ސެނެޓްގެ ބައެއް މެމްބަރުން ބޮއިކޮޓް ކުރުމާއި ދެކޮޅު ހެދުމުން ސެނެޓްގައި އެންމެ ފަހުން ވަނީ ވޯޓެއް ނަގާފައެވެ. އެ ވޯޓުން ފާސްވީ އިންތިޚާބު ބޮއިކޮޓް ނުކުރުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.