![FB IMG 1691327167564 jpg](/wp-content/uploads/2023/08/FB_IMG_1691327167564-jpg.webp)
ރައީސްގެ ކެންޑިޑެސީ ހުށަހަޅައިފި
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.
އާދިއްތަ ދުވަހު ރައީސް ސާލިހުގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވާފައިވަނީ އިންޚާބީ އެޖެންޓު މުހައްމަދު ނާޝިޒެވެ. ފޯމާއި ހަވާލުވެޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.
ރައީސް ސާލިހުގެ ރަނިންމޭޓްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.