ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އަސްލަމް

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހްގެ ރަނިންމޭޓަކަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ހަމަޖައްސަވައިފި އެވެ.

ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އަސްލަމް ހަމަޖައްސަވާފައިވާ ކަމަށް އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރު ކުރެއްވި ޓްވީޓެއްގައި ވަނީ ޔަގީންކޮށްދެއްވާފަ އެވެ.

އިޝްތިހާރު Below Header ad

ރައީސްގެ ރަނިންމޭޓުންގެ ލިސްޓުގައި އަސްލަމްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މިހާރުގެ ނައިބް ރައީސް ފައިސަލް ނަސީމު ވެސް ކުރިން ހިމެނުނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މިހާތަނަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ. ނަމަވެސް އެމަނިކުފާނުގެ ކެންޑިޑެސީ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައެއް ނުވެ އެވެ. އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އަޑުއެހުންތައް ބާއްވާ މިހާރު ވަނީ ހުކުމާ ހަމައަށް ގޮސްފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.