ވެލިދޫ ސޮކަރކަޕް 2023 : ރަދުން އެފްސީ ކުޅުނު ދެވަނަ މެޗު ވެސް ކަމިޔާބު ކޮށްފި

ވެލިދޫ ސޮކަރކަޕް 2023 ގައި ރަދުން އެފްސީ ކުޅުނު ދެވަނަ މެޗުވެސް ކަމިޔާބު ކޮށްފިއެވެ.

ރަދުން އެފްސީ މި މެޗު ކާމިޔާބުކުރީ އެޓީމްގެ 11 ނަންބަރު އާދަމް އަބްދުލް ލަތީފް ކާމިޔާބު ކޮށްދިން ހަމަ އެކަނި ލަނޑުންނެވެ. ދެޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފިފައި ނުވެއެވެ.

އިޝްތިހާރު Below Header ad

ރަދުން އެފްސީ ކުޅުނު ދެމެޗުން މޮޅުވެ 6 ޕޮއިންޓާއެކު އޮތީ ތާވަލްގެ އެއްވަނައިގައެވެ. އައިލެންޑާރސް އެފްޓީ އޮތީ 4 ޕޮއިންޓާއެކު ދެވަނައިގައެވެ. މައިނަސް 4 ގޯލާއެކު ތާވަލުގެ ފުލުގައި އޮތީ އައިކޮނިކްއެވެ.

ޕަވަރޕަފް ބޯއީޒް އަދި ލަފޯރޒާ ގެ ދެވަނަ މެޗު މާދަމާ ކުޅޭއިރު ލަފީރޒާ އޮތީ އެއް ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. މައިނަސް އެއް ގޯލާއެކު ޕަވަރޕަފް ބޯއީޒް އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ.

މި މުބާރާތަކީ މިނިވަން ދުވަހުގެ މުނާސަބަތުގައި ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރ އަދި ވެލިދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިމުބާރާތް މީގެ އަހަރުތަކެއް ކުރިން ކުޅުނު ނަމަވެސް އަލުން މިފެށީ މެދު ކެނޑުމަކަށްފަހުއެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ އައިލެންޑާރސް އެފްޓީ، އައިކޮނިކް، ރަދުން އެފްސީ، ޕަވަރޕަފް ބޯއީޒް އަދި ލަފޯރޒާ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.