![IMG 20230729 183407 199 jpg](/wp-content/uploads/2023/07/IMG_20230729_183407_199-jpg.webp)
ޅައިމަގު ހޭންޑްބޯލް ޗެލެންޖް 2023: ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ޓީމް ސާހިބާ ފައިނަލަށް
ޅައިމަގު ކައުންސިލް ސްޕޯޓްސް ފިއެސްޓާ، ހޭންޑްބޯލް ޗެލެންޖް 2023 ގައި ކުޅުނު ހުރިހާމެޗެއް ކާމިޔާބު ކުރުމަށް ފަހު ޓީމް ސާހިބާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
މިއަދު ހަވީރު ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ޓީމް ސާހިބާ ވާދަކުރީ ވުލްވްސް އެސްސީ އާއެވެ. މިމެޗު ފުރަތަމަ ހާފް 4-4 އެއްވަރުކޮށް ނިމުނު ނަމަވެސް ޓީމް ސާހިބާއިން މެޗު ނިންމާލީ 11-6 ލަނޑުންަނެވެ.
ސާހިބާ ޓީމް ޖެހި 7 ލަނޑު ޝީޒާ ކާމިޔާބު ކޮށްދިން އިރު ޝައިލާ ވަނީ 1 ލަނޑު ޖަހާފައެވެ. އަދި ޝާލިނީ ވަނީ 2 ލަނޑު ކާމިޔާބު ކޮށްފައެވެ. ވުލްވްސް އެސްސީ 6 ލަނޑު ޖެހިއިރު 3 ލަނޑު ކާމިޔާބު ކޮށްދިނީ ސާޔާ އެވެ. ދެ ލަނޑު ސައިނާ ކަމިޔާބު ކޮދިންއިރު ނިފްޝާ އަދި ރީޝާ ވަނީ ލަނޑެއް ކާމިޔާބު ކޮށްދީފައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ސާހިބާގެ 77 ޝީޒާ އިބުރާހިމް އެވެ.
މި މުބާރާތުގެ ފައިނަލް މާދަމާ ކުޅޭއިރު ބައްދަލު ކުރާނީ ޓީމް ސާހިބާ އަދި ކަސަބު އެވެ. މިއީ ޅައިމަގުގައި މި ފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.