މޫނު ބުރުގާގެ ދިފާޢުގައި ޕެޓިޝަނަކާއި އެކު އިޙްތިޖާޖެއް އިޢުލާންކޮށްފި!

ސަރުކާރުން ދަނީ މޫނު ބުރުގާ އެޅި މުދައްރިސުންގެ ޙައްޤުތައް ނަގާލަމުން

މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭ މުދައްރިސުންގެ ޙައްޤުތައް ގެއްލޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސުލޫކީ މިންގަނޑާއިމެދު ނުރުހުން ފާޅުކޮށް، މޫނުބުރުގާ އެޅި މުދައްރިސުންގެ ދިފާޢުގައި އިޙްތިޖާޖެއް ބޭއްވުމަށް އިޢުލާންކޮށްފިއެވެ.

މި އިޙްތިޖާޖު އޮންނާނީ 29 ޖުލައި ވާ ހޮނިހިރު ދުވަހު 16:15 ގައި ކާނިވާ ސަރަޙައްދުގައި ކަމަށް މިޙަރަކާތުން ޢާއްމުކޮށްފައިވާ ޕޯސްޓުތަކުގައި ވެއެވެ. މި ޙަރަކާތް ރާވައި ހިންގާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މިއީ މުސްލިމް އުޚްތުންގެ ދިފާޢުގައި، މޫނު ބުރުގާގެ ދިފާޢުގައި އަދި ލާދީނިއްޔަތާ ދެކޮޅަށް ބާއްވާ އިޙްތިޖާޖެކެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން، ނިޤާބު އެޅި އުޚްތުންނަށް ތަޢުލީމު ޙާސިލްކުރުމާއި، ވަޒީފާ އަދާކުރުމުގެ ޙައްޤު ކަަށަވަރު ކޮށްދިނުމަށާއި، މޫނުބުރުގާއާއި ދެކޮޅުވާނޭހެން ހަދާފައިވާ ޤަވާޢިދުތަކާއި އުޞޫލުތައް ބަދަލުރުމަށް ސަރުކާރަށް ގޮވާލާ ޕެޓިޝަނެއްވެސް ވަނީ ޢާއްމުކޮށްފައެވެ.

މޫނުބުރުގާ އެޅި މުދައްރިސުންގެ އަސާސީ ޙައްޤުތައް ސަރުކާރުން ނަގާލަނީ ކަމަށާއި، މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމަށް ހުރަސް އެޅުމަކީ ދީނީ އަދި ޤާނޫނީ ކުށެއްކަމުގައި ބުނެ ޢިލްމުވެރީންނާއި ޢާއްމުން ދަނީ ސަރުކާރަށް ނުރުހުން ފާޅުކުރަމުންނެވެ.

ނިޤާބު އެޅި މުދައްރިސުންގެ ދިފާޢުގައި ސޮއިކުރާ ޕެޓިޝަން:

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.