ވެލިދޫ ސޮކަރކަޕް 2023 : ދެވަނަ މެޗު ރަދުން އެފްސީ ކާމިޔާބުކޮށްފި

ވެލިދޫ ސޮކަރކަޕް 2023 ދެވަނަ މެޗު ރަދުން އެފްސީ ކާމިޔާބުކޮށްފިއެވެ.

ރަދުން އެފްސީ މިމެޗު ކާމިޔާބުކުރީ ޕަވަރޕަފް ބޯއީޒްއާ ބައްދަލުކޮށް 2 ލަނޑު އެއް ލަޑުންނެވެ. މި މެޗުގެ މޮޅު ކުޅުތެރިއަކަށް ހޮވިފައިވަނީ ރަދުން އެފްސީގެ ޖޯޒީ ނަންބަރު 11 ހުސެއިން ނިސާންއެވެ.

އިޝްތިހާރު Navee1 jpg

FB IMG 1690481525687 jpg

އިޝްތިހާރު

 

މިމެޗުގައި ޕަވަރޕަފް ބޯއީޒް އިން ޖެހި ލަނޑު ޖަހާފައި ވަނީ އެޓީމުގެ ޖާރޒީ ނަންބަރު 5 އަޙްމަދު ރަޝީދު އެވެ. އަދި ރަދުން އެފްސީގެ ދެގޯލުވެސް ޖަހާފައިވަނީ އެޓީމުގެ ޖާރޒީ ނަންބަރު 30 އީދަން އެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް ކުޅޭނެއެވެ. އެ މެޗުގައި ބައްދަލު ކުރާނީ އައިލެންޑާރސް އެފްޓީ އާއި ލަފޯރޒާއެވެ.

މި މުބާރާތަކީ މިނިވަން ދުވަހުގެ މުނާސަބަތުގައި ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރ އަދި ވެލިދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިމުބާރާތް މީގެ އަހަރުތަކެއް ކުރިން ކުޅުނު ނަމަވެސް އަލުން މިފެށީ މެދު ކެނޑުމަކަށްފަހުއެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ އައިލެންޑާރސް އެފްޓީ، އައިކޮނިކް، ރަދުން އެފްސީ، ޕަވަރޕަފް ބޯއީޒް އަދި ލަފޯރޒާ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.