ޅައިމަގު ކައުންސިލް ސްޕޯޓްސް ފިއެސްޓާ: ހޭންޑްބޯލް ޗެލެންޖް 2023 ފަށައިފި

ޅައިމަގު ކައުންސިލް ސްޕޯޓްސް ފިއެސްޓާ، ހޭންޑްބޯލް ޗެލެންޖް 2023 ފަށައިފިއެވެ.

މިއަދު ހަވީރު ޅައިމަގު ފުޓްސަލް ދަނޑުގައި ފެށި މިމުބާރާތުގައި 3 ޓީމް ވާދަކުރެއެވެ. އެއީ ކަސަބު، ޓީމް ސާހިބާ، ވުލްވްސް އެސްސީއެވެ.

އިޝްތިހާރު Below Header ad

މުބާރާތުގެ ފުރަތަމަ މެޗުގައި ކަސަބު އަދި ޓީމް ސާހިބާ ބައްދަލު ކުރިއިރު މެޗް 16 ލަނޑު 8 ލަނޑުން ކާމިޔާބު ކުރީ ޓީމް ސާހިބާއެވެ.

ފުރަތަމަ ހާފް މުޅިންހެން ޓީމް ސާހިބާ ކޮންޓުރޯލް ކުރިއިރު އެ ހާފް ނިންމާލީ 8-1 ލަނޑުންނެވެ. ދެވަނަ ހާފް ކުޅެން ނުކުމެ ކަސަބު ޓީމުން ކުޅުން ރަނގަޅު ކުރި ނަމަވެސް މެޗް ނިމާލަން ޖެހުނީ 16-8 ލަނޑުންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީމް ސާހިބާ ގެ ޖޯޒީ ނަންބަރު 77 ސީޒާ އިބުރާހިމް (ސީއްކޮ)އެވެ. އޭނާއަށް ޝީލްޑް ހަވާލުކޮށްދެވީ މެޗުގެ ޝަރަފުވެރި މެހެމާނާ ޅައިމަގު އަންހެނުންގެ ތަރަށްގީއަށް މަސައްކަތް ކުރާ ކޮމެޓީ މެންބަރު ހަލީމާ އަދަމް އެވެ.

1690468290874 1

މި މުބާރާތުގެ މެޗެއް މާދަމާ ހަވީރު 16:50 ގަައި ކުޅެވޭނެއެވެ. މި މެޗުގައި ބައްދަލުކުރަނީ ވުލްވްސް އެސްސީ އަދި ކަސަބުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.