
ކެންސަރު ދެނެގަތުމަށް ހަދާ ޕެޓް ސްކޭން އޭޑީކޭއިިން ތައާރަފުކޮށްފި
ކެންސަރު ދެނެގަތުމަށް ހަދާ ޕެޓް ސްކޭންގެ ޚިދުމަތް އޭޑީކޭ ހޮސްޕިޓަލުން ރާއްޖޭގައި އަލަށް ތައާރަފްކޮށް މިއަދު އެޚިދުމަތް ދޭން ފަށައިފިއެވެ.
ޕެޓް ސްކޭނަކީ ކެންސަރު ދެނެގަތުމުގެ އިތުރުން، ހަށިގަނޑަށް އެ ބަލި ފެތުރުފައި ހުރި މިންވަރު ބެލޭނެ ސްކޭނެކެވެ. އަދި ހިތާއި ސިކުނޑީގެ ބަލިތައް ދެނެގަތުމުގައި ވެސް ޕެޓް ސީޓީ ސްކޭން ބޭނުންކުރެވޭނެއެވެ.
މި ޚިދުމަތް ދިނުމަށް ހާއްސަކޮށްގެން އޭޑީކޭއިން ވަނީ ޚާއްސަ ޑިޕާޓްމެންޓެއް ގާއިމް ކޮށްފައެވެ. މިޑިޕާޓްމަންޓްގައި އެކަމަށް ބޭނުންކުރާ ބޭހާއި އެހެނިހެން ތަކެތި ގެންގުޅޭނެ ނިޒާމެއް ވެސް ވަނީ ގާއިމްކޮށްފައެވެ.
ޕެޓް ސްކޭންގެ ޚިދުމަތަށް މިވަގުތު ނަގަން ނިންމާފައިވަނީ 7،500ރ. އާއި 8،500ރ. އާ ދެމެދުގެ އަގެކެވެ. ނަމަވެސް އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް އެއަގު ކުޑަ ކުރެވޭނެ ގޮތެއް ހޯދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އޭޑީކޭއިން ހާމަކުރެއެވެ.