”ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ“ ގާއިމް ކޮށްފި

ރިޔާސީ އިންތިހާބު އާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި ”ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ“ އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގޭގައި) ގާއިމް ކޮށްފިއެވެ.

އީސީން މިއަދު ބުނީ، ރިޔަސީ އިންތިހާބާ ގުޅޭ ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އީސީގެ ވެބްސައިޓުންނާއި އިންތިޚާބާ ބެހޭ މަރުކަޒުންނާއި، އެ ކޮމިޝަނުގެ އިދާރާގެ ކައުންޓަރުންނާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު/ސިޓީ ތަކުގައި ގާއިމް ކުރެވިފައިވާ އީސީގެ ފޯކަލް ޕޮއިންޓް ތަކުން ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ގާއިމްކުރެވިފައިވާ ފޯކަލް ޕޮއިންޓުތަކުންވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ ކަމަށް އީސީން ބުނެފައި ވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އީމެއިލް މެދުވެރިކޮށް ފޮނުވޭ ޝަކުވާތައްވެސް ބަލައިގަނެވޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އީސީން ބުނީ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށެވެ.

ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރުތަކަކީ 3004498 އަދި 3004450 އެވެ. މި ބިއުރޯގެ އީމެއިލް އެޑްރެހަކީ complaints@elections.gov.mv އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.