ޗެލްސީއާއި ނަޕޯލީ ޗެމްޕިއަންސް ލީގުން ކަޓައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުއާޓާފައިނަލްގައި މިރޭ ކުޅުނު މެޗުތަކުން ޗެލްސީ އަދި ނަޕޯލީ ބަލިވެ މުބާރާތުން ކަޓައިފިއެވެ. މިރޭ ޗެލްސީ، އެންމެ ފަހުގެ ޗެމްޕިއަނުން ރިއަލް މެޑްރިޑާއި ކުޅުނުއިރު ނަޕޯލީ ކުޅުނީ އެ ލީގުގެ އޭސީ މިލާނާއެވެ.

ޗެލްސީ އަދި ރިއަލް މެޑްރިޑް މިރޭ ކުޅުނު މެޗުން ރިއަލް މެޑްރިޑް މޮޅވުފައިވަނީ2-0 ތަފާތަކުންނެވެ. މެޗު ފެށިގެން ރަނގަޅު ކުޅުމެއް ޗެލްސީއިން ކުޅެމުން އައިސް ވަނީ ރަނގަޅު ފުރުސަތުތަކެއވެސްް އުފައްދާފައެވެ. ނަމަވެސް، ފުރުސަތުތަކުގެ ބޭނުންތައް ނުހިފި އޭގެ ފައިދާވަނީ ރިއަލް މެޑްރިޑުން ނަގާފައެވެ، މެޗުގެ58 މިނުޓް އަދި80 ވަނަ މިނުޓްގައި ރިއަލް މެޑްރިޑަށް ގޯލްތައް ކާމިޔާބު ކޮށްދިނީ ޖާޒީ ނަންބަރ21 ރޮޑްރިގޯއެވެ. މި މެޗާއިއެކު ޖުމްލަ ދެ ލެގުން ރިއަލް މެޑްރިޑް މޮޅުވެފައި މިވަނީ 4-0 ނަތީޖާއަކުންނެވެ. މިއާ އެކީ ޗެލްސީއަށް އަންނަ އަހަރު ޗެމްޕިއަންސް ލީގު ކުޅުމުގެ އުއްމީދު އެއްކޮށް ދިޔައީއެވެ.

އިޝްތިހާރު Below Header ad

އިޓަލިއަން ސިރިއާ ދެ ކުލަބު ކަމަށްވާ ނަޕޯލީ އަދި އޭސިމިލާން ކުޅުނު މެޗު1-1 އެއްވަރުވެ އޭސިމިލާންވަނީ ސެމީފައިނަލަށް ދަތުރުކޮށްފައެވެ. އޭސި މިލާނުން މި ޖާގަ ލިބުނީ ފުރަތަމަ ބުރުގައި ކުޅުނު މެޗުން1-0 މޮޅުވެފަ އޮތުމާ ގުޅިގެންނެވެ. މިރޭ މެޗުގައި ގޯލްތައް ޖަހައިދީފައިވަނީ އޭސި މިލާނުން އޮލިވިއާރ ޖިރޫޑް އަދި ނަޕޯލީން މި ސީޒަނުގައި މޮޅަށް ކުޅެމުން އަންނަ އޮސިމްހެންއެވެ.

މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ މަދާމަރޭ12 ޖަހާއިރު ބަޔާން މިޔުނިކާއި މެންޗިސްޓާރ ސިޓީ އަދި އިންޓަރ މިލާނާއި ބެނެފީކާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.