
ޔާމީން ފެކްޝަނުން ”އަސްލު“ ނަމުގައި ރޭ ބޭއްވި ބޮޑު ޖަލްސާއަށް ދުންޔާ މައުމޫން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ.
އަސްލުގެ ނަމުގައި ރާއްޖޭގެ ބޮޑު ސިޔާސީ ޕާޓީ ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ރޭ ބޭއްވި ޖަލްސާއަށް މީހުން ހާޒިރުވީ މަޖުބޫރު ކުރުވީމަ ކަމަށް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ޔުމްނާ މިހެން ވިދާޅުވީ ރޭ އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ ޔުމްނާ މައުމޫން ވިދާޅުވީ ރޭގެ ޖަލްސާއަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވިނަމަވެސް އެ ފަރާތްތަކުގެ މޫނުމަތީގައި އެއްވެސް ހިނިތުންވުމެއް ފެންނަން ނެތް ކަމަށާއި އެއްވެސް ރޫހެއް އަދި ފޯރިޔެއްވެސް ނެތްކަމަށެވެ.

ޔުމްނާ މިހެން ވިދާޅުވިއިރު ރޭ ޕީޕީއެމް އިން ބޮޑު ހަރާކާތުގެ ގޮތުގައި ރާއްޖޭގެ އެކި ރައްރަށުން ގިނަ އަދަދެއްގެ މީހުން ގެނެސްގެން ކާނިވާ ސަރަހައްދުގައި ބޭއްވި މި ހަރާތަށް މީހުން ގެނެސްފައިވަނީ ބިރުދައްކާ މަޖުބޫރު ކުރުވައިގެން ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
ޔުމްނާ މައުމޫނު ވިދާޅުވި ގޮތަށް ރޭގެ ޕީޕީއެމްގެ އަސްލު ޖަލްސާގައި އެއްވެސް ފޯރިއެއްނެއްކަމަށް ގިނަބަޔު ދަނީ ބުނަމުންނެވެ.



