
ޑީއާރުޕީން ވަނީ ސަރުކާރާއެކު ކޯލިޝަން ހަދާފަ: މޫސާ ޒަމީރު
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނާ ގުޅިއްޖެ އެވެ.
ޑިއާރުޕީން ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ ރޭ ”އަސްލު“ގެ ނަމުގައި ޕީޕީއެމްއިން ބޭއްވި ބޮޑު ޖަލްސާގައެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބް ލީޑަރު މޫސާ ޖަމީރު ވިދާޅުވީ ޑީއާރުޕީން ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ ކަމަށާއި އަދި އެކަމަށްޓަކައި ޑީއާރުޕީގެ ލީޑަރޝިޕަށް ސަރުކާރުން ޝުކުރުއަދާކުރައްވާ ކަމަށެވެ.
ޕީޕީއެން ޔާމީން ގެކްޝަނުން ރޭގައި ބޭއްވި މި ޖަލްސާގައި ޑީއާރުޕީގެ ލީޑަރުގެ މަޤާމުގައި މިވަގުތު ހުންނެވި މުހައްމަދު ނަޝީދު (ކާނަލް) ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެހެން ނަމަވެސް ޑީއާރުޕީންް ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ ވަކި ޝަރުތުތަކެއް ޒަމީރު ވިދާޅުވެފައެއް ނުވެއެވެ.
ޑީއާރުޕީން މިހާރުގެ ސަރުކާރާ އެކު ކޯލިޝަން ހަދާފައިވާއިރު ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ދާދިފަހުން ގެނައި ބޮޑު ބަދަލާއެކު އެޕާޓީގެ ދަފްތަރުގައި ސައްޚަ މެމްބަރުންގެ ގޮތުގައި މިވަގުތު ތިބީ 3،000 މެމްބަރުންކަން ފާހަގަކޮށްލެވެއެވެ.



