އިންޑޮނޭޝިއާގެ ބާޒާރުތަކުން ރާއްޖޭގެ ހުރިހާ ރަށަކަށް ރެޑްބޮކްސް

ގިނަ ވިޔަފާރިވެރިންގެ އިތުރުން ޢާންމު ރައްޔިތުންވެސް އަގުހެޔޮކޮށް މުދާ އިމްޕޯޓް ކުރަމުންދާ އެއް ޤައުމަކީ އިންޑޮނޭޝިއާ އެވެ. އިންޑޮނޭޝިޔާއިން މިވަގުތު އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މުދާ ހެޔޮއަގުގައި ހޯދައި ދިނުމާއި ރައްކާތެރިކަމާއި އެކުގައި ރާއްޖެއަށް ފޮނުވައި ދިނުމުގެ މަސައްކަތް ކުރާ އެއްކުންފުނި ކަމަށްވާ އިންޑޯރާއްޖެއާއި ރެޑްބޮކްސް ގުޅިގެން ރެޑްބޮކްސްގެ އޮފީހެއް އިންޑޮނޭޝިއާގައި ޤާއިމުކޮށް ރެޑްބޮކްސް އިންޑޮނޭޝިޔާގެ ނަމުގައި މިހާރު މިވަނީ ފަސޭހައިން ރަށުގައި ތިބެގެން އޮންލައިކޮށް ސީދާ އިންޑޮނޭޝިއާއިން ވިޔަފާރިކުރުމަށް މަގުފަހިކޮށްދީފަ އެވެ.

އޭޝިއާގެ މަޝްހޫރު އެތައް އޮންލައި ވެބްސައިޓުތަކުން ވިޔަފާރި ކުރުމުގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެފަދަ ގިނަ ވެބްސައިޓުތަކުން ރާއްޖެއަށް ޑެލިވަރީ ކޮށް ނުދިނުމެވެ. ނަމަވެސް ރެޑްބޮކްސް ގެ ޚިދުމަތާއެކު އިންޑޮނޭޝިއާ އިން އެ ބޭފުޅަކު ވިޔަފާރި ކުރެއްވުމަށް ޚާއްޞަ އެޑްރެސް އެއް ލިބިލައްވާނެއެވެ. އެބޭފުޅެއްގެ އަމިއްލަ ގުދަން ޖާގައާއެކު ބޭނުންވާ ދުވަހަކުން ޝިޕް ކުރަން ރިކުއެސްޓު ކޮށްލެވޭނެ އެވެ.

އިޝްތިހާރު Below Header ad

މުދާ ކޮންސޮލިޑޭޓްކޮށްދިނުމާއި އެސިސްޓެޑް ޝޮޕިންގް ސާވިސް އަދި ފުލްފިލްމަންޓް ސާވިސްގެ ޚިދުމަތް ވެސް ލިބިގެންދާނެ ކަމަށް ރެޑްބޮކްސްއިން ބުނެ އެވެ. މި ޚިދުމަތްތަކުގެ އިތުރުން އިންޑޮނޭޝިއާއިން ބޭނުންވާ އިތުރު ވިޔަފާރީގެ ޚިދުމަތްތައް ހޯއްދެމަށް  www.redboxindonesia.com  މި ވެބްސައިޓަށް ޒިޔާރަތް ކޮށްލަޢްވާށެވެ.

“އަޅުގަނޑުމެން މިގެންދަނީ ކަސްޓަމަރުން އެންމެ ބޭނުންފުޅުވާ ޤައުމުތަކުން ރެޑްބޮކްސްގެ ޚިދުމަތްތައްް ލިބޭނެ ގޮތް ހަދާދެވޭތޯ. އިންޑޯއަކީ ދިވެހިން ވަރަށް ފަރިތަ މާކެޓެއް. އުންމީދަކީ އަޅުގަނޑުމެންނަށް އިތުބާރުކުރައްވާ ޚިދުމަތް ހޯއްވަމުންދާ ކަސްޓަމަރުންނަށް ފަސޭހަ އަދި އަގު ހެޔޮ ޚިދުމަތެއް ދިނުން.” ރެޑްބޮކްސް ގެ ސީއޯއޯ ޙުސައިން ޝާހިދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ރެޑްބޮކްސްގެ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ކޫރިއާގެ ހިދުމަތް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލިބޭނެ ކަމަށެވެ.

އިންޑޮނޭޝިއާ އެކު ތައިލެންޑް ،ކޮރެއާ، މެލޭޝިޔާ، ސްރީ ލަންކާ، ޗައިނާ އަދި އެމެރިކާގައި ވެސް ރެޑްބޮކްސްގެ ފްރެންޗައިސްތައް ހުޅުވާ އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. ރެޑްބޮކްސްއަކީ 2015 ވަނަ އަހަރުން ފެށިގެން ކޫރިއާ އަދި ފްރައިޓް ފޯވާޑިންގެ ހިދުމަތްތައް ދެމުން އަންނަ ދިވެހި ކުންފުންޏެކެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.