އިޒްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ޙަމަލާ ދީފި

އިޒްރާއީލް އަސްކަރިއްޔާއިން ފަލަސްތީންގެ ޣައްޒާއަށް މިއަދު ވައިގެ ޙަމަލާތަކެއް ދީފިއެވެ. އިޒްރާއީލުން ބުނެފައި ވަނީ ޙަމަލާ ދީފައި ވަނީ ޣައްޒާގައި ޙަމާސް ޖަމާއަތުން ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ ސަރަހައްދަކަށް ކަމަށާއި، ހަމަލާ ދިނީ ޙަމާސްއިން އިޒްރާއީލަށް ރޮކެޓު ޙަމަލާތަކެއް ދީފައި ވާތީ ރައްދެއްގެ ގޮތުގައި ކަމަށެވެ.

އިޒްރާއީލުން ދިން ވައިގެ ޙަމަލާގައި އެއްވެސް މީހަކު ޒަޚަމްވި ކަމުގެ ރިޕޯޓެއް ފަލަސްތީންގެ ސިއްޙީ ވުޒާރާއިން ކޮށްފައި ނުވާއިރު ޣައްޒާގައި ހަރަކާތްތެރިވާ ޙަމާސްގެ ގޮތްޕެއް ކަމުގައިވާ ޢިއްޒައްދީން އަލް ޤައްސަމް ބްރިގޭޑްއިން ބުނެފައި ވަނީ، އިޒްރާއީލުން ދިން ޙަމަލާ އެމީހުންގެ މިސައިލްތަކުން ދިފާޢުކޮށްފައިވާ ކަމަށެވެ. އެފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޒަޔަނިސްޓް ހަނގުރާމަމަތީ ބޯޓުތަކުން ދިން ވައިގެ ޙަމަލާތައް އެމީހުން ބިމުގައި ތިބެ ފޮނުވާލި މިސައިލް ތަކުން މައިތިރި ކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އިޒްރާއީލުން ޣައްޒާއަށް ޙަމަލާ ދީފައި ވަނީ ފާއިތުވި ދުވަސްތަކުގައި މަސްޖިދް އަލްއަޤްސާގައި ހިންގި ހަމަނުޖެހުން ތަކަށް ފަހު ޣައްޒާއިން އިޒްރާއީލަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ފޮނުވާލުމުންނެވެ. މި ރޮކެޓް ހަމަލާތައް އިޒްރާއީލްގެ އަޔަން ޑޯމް ބޭނުން ކޮށްގެން ނައްތާލާފައިވާ ކަމަށް ވެސް އިޒްރާއީލުން ދަނީ ބުނަމުންނެވެ. މި ޙަމަލާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ޣައްޒާއިން އިޒްރާއީލަށް ޙަމަލާ ދިން ކަމަށް އެފަރާތުން ބުނި ނަމަވެސް މިޙަމަލާތަކުގެ ޒިންމާ ފަލަސްތީންގެ އެއްވެސް ޖަމާއަތަކުން އަދި މިހާތަނަށް ނަގާފައެއް ނުވެއެވެ.

ފާއިތުވި ދުވަސްތަކުގައި އިޒްރާއީލް އަސްކަރިއްޔާގެ ހަތިޔާރުއެޅި ސިފައިން މަސްޖިދް އަލްއަޤްސާއަށް ވަދެ، އަޅުކަން ކުރަން ތިބި މީހުން މިސްކިތުން ނެރެ، މިސްކިތް ބަންދު ކުރުމުގެ ސަބަބުން އެސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ހަމަނުޖެހުން އުފެދިފައެވެ. މި ހަމަނުޖެހުން ތަކުގައި އެތައް ބަޔަކަށް އަނިޔާ ވެފައި ވެއެވެ. އަދި އެތައް ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.

އަޤްސާގައި ހިންގި ހަމަނުޖެހުން ތަކަށް ފަހު ޙަމާސްއިން ބުނެފައި ވަނީ، އަޤްސާ މިސްކިތުގެ ތެރޭގައި ހިންގާ ކޮންމެ ހަމަނުޖެހުމަކީ ސުލްހައަށް އެޅޭ ހުރަހެއް ކަމަށާއި، އެއީ ރަތް ރޮނގު ހުރަސް ކުރުން ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.