
ހުޅުމާލޭގައި އުސް އިމާރާތަކުން ވެއްޓި ކުއްޖަކު މަރުވެއްޖެ
ހުޚުމާލޭ ފޭސް 1 ގައި އުސް އިމާރާތަކުން ވެއްޓި ކުޑަ ކުއްޖަކު މަރުވެއްޖެއެވެ. ރޭ ހިނގި މި ހާދިސާގައި 5 ވަނަ ފަންގިފިލާއިން ވެއްޓިފައި ވަނީ އުމުރުން 4 އަހަރުގެ އަންހެން ކުއްޖެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދީފައިވާ ގޮތުގައި، މިހާދިސާ ރިޕޯޓު ކޮށްފައި ވަނީ ރޭ 12:30 ހާއިރުއެވެ. އަދި ކުއްޖާ މަރުވެފައި ވަނީ، ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. މި ހާދިސާގައި އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށް ވެސް ފުލުހުންގެ މީޑިއާގެ ފަރާތުން ވަނީ ބުނެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަ ކުއްޖާ ވެއްޓުނު ވަގުތު އެކުއްޖާގެ މަންމަ ވެސް ބައްޕަ ވެސް ގޭގައި ނެތެވެ. ހާދިސާ ހިނގާފައި ވަނީ މަންމައާއި ބައްޕަ އެއްޗެއް ގަންނަން ކައިރީ ފިހާރައަކަށް ދިޔަ ވަގުތުއެވެ. އެހެންނަމަވެސް ކުއްޖާ ވެއްޓުނު އަޑަށް ދެމީހުންވެސް ދުވެފައި އައީ ކަމަށް މަންޒަރުދުށް ބައެއް ފަރާތްތަކުން ހާމަ ކޮށްފައިވެއެވެ.
ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ކުއްޖާގެ ހޭވެސް ނެތްކަމަށާއި، ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ޕިކަޕަކަށް ލައިގެން ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
ކުއްޖާގެ ޖަނާޒާ މިއަދު އަސްރު ނަމާދަށް ފަހު އޮންނާނެއެވެ.