ޚަބަރު ފީތާ

ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިމިއްޖެ

ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު---ފޮޓޯ: އެމް.ޓީ.ސީ.ސީ

ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިމިއްޖެއެވެ.

މި މަސައްކަތް ކޮށްފައިވާ ފަރާތްކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ބުނެފައި ވަނީ، ކ. ގުރައިދޫގައި ހިންގި މި 2 މަޝްރޫޢު ނިންމާލާފައި ވަނީ މިއަހަރު ސެޕްޓެމްބަރ 27 ގައި ކަމަށެވެ.

ގުރައިދޫގައި ހިންގި މި މަޝްރޫޢުގެ ދަށުން އެރަށުގައި 15 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެމް.ޓީ.ސީ.ސީއިން ވަނީ ބުނެފައެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމަށް 1200 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިން ރިވެޓްމެންޓް ޖަހާފައިވާ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު—ފޮޓޯ: އެމް.ޓީ.ސީ.ސީ

 

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމް.ޓީ.ސީ.ސީއާއި ހަވާލުކުރި މިމަޝްރޫޢަކީ 85.04 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: