ޚަބަރު ފީތާ

މިއަދު (4 ނޮވެންބަރު 2016) ގެ ހުކުރު ޚުޠުބާގައި އުޚުއްވަތްތެރިކަން

މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަ ކޮއްފައިވަނީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މައްޗަށެވެ.

އިއްޔޭ އަކީ ނަސްރުގެ ދުވަސްކަމާއި އެދުވަހު ދިވެހިންނާއި ދިވެހި އަމަންގެ ފަރާތުން ދެއްކި ހިތްވަރު ގަ ޤުރުބާނީ އާއި އެދުވަހު ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމާއި އެއްބަނޑުެއބަފާކަން ފާހަގަ ކޮށްފައިވެއެވެ. ދިވެހި އުންމަތުގެ ތާރީޚްގައި ރަންއަކުރުން ލިޔެވި ބިންވަޅުނެގިފައިފާ އަސަރުގަދަ ވާހަކަ ތަކުގެ ވާހަކައެވެ. އަދި އެދުވަހު ޝަހީދުވި ޝަހީދުންނަށް ސުވަރުގޭގެ މަތިވެރި ދަރަޖަ ދެއްވުންއެދި ދުޢާކޮށްފައިވެއެވެ. ﷲ އަށްޓަކާ ޤާއިމުވާ ގުޅުމުގެ މަތިވެރިކަން ފާހަގަ ކުރައްވާ، އެ ގުޅުމަކީ ރޫޙާނީ ކަމެއްކަމާއި ޤިޔާމތް ދުވަހުން އެފަދައިން ގުޅޭ މީހުނާއެކީ ނޫރުން ފުރިފައިވާ ބިންބަރެއްގައި އެފަދަ އަޚުން ތިބޭނެކަންވެސް ފާހަގަ ކުރައްވާފައިވެއެވެ. އަދި އިސްލާމީ އުޚުއްވަތްތެރި ގުޅުމުގައިވާ އެންމެ ބަދަހި ކަމަކީ އެއީ އިލާހީ ގުޅުމަކަށްވުން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަ ކޮށްފައިވެއެވެ. މި ގުޅުމުގެ ބޭނުމަކަށްވަނީ ﷲ سبحانه وتعالى حضرةން ރުއްސެވުމާއު ފުއްސެވުން ލިބިގަތުންކަންވެސް ފާހަގަ ކުރަމުން، މިކަމަކީ ސުވަރުގެއަށް މަގު ފަހިކޮށްދޭ ކަމެއްކަންވެސް ފާހަގަ ކޮށްފައިވެއެވެ. “ މުސްލިމުން ދިރިއުޅޭ މުޖުތަމަޢަކަށް  ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ،  އެ އުންމަތަކީ އުޚުއްވަތްތެރި އެއްބައިވަންތަ އެއްބައެއްވަންތަ އުންމަތެއްކަމުގައި ވުމެވެ“ ޚުޠުބާ .

އިސްލާމީ މުޖްތަމަޢެއްގައި އެންމެ ބޮޑު އިސްކަމެއް ދޭންވާނީ ތިމާގެ އަމިއްލަ މަޞޤލަޙަތު ކުރިއަށްނެރުމަށްވުރެ، މުޖްތަމަޢުގެ މަޞްލަޙަތަށްކަންވެސް ހަނދާންކޮށްދީފައިވެއެވެ.

އިސްލާމީ ތާރީޚަށް ނަޒަރު ހިންގަލަމުން، ފެންނަން އޮތް އެންމެ ހެޔޮ މުޖުތަމަޢަކީ ކީރިތި رسول على الله عليه وسام ގެ ޙަޔާތްޕުޅުގައި އޮތް އިސްލާމީ މުޖުތަމަޢުކަމާއި، އޭގެ ސިއްރަކީ ޞާލިޙު މުޖުތަމަޢެއް ބިނާކުރެއްވުމަށް އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅާއި އަޞްޙާބުބޭކަލުން އެކަމަށްދެއްވި އަހަމިއްޔަތުކަން ވެސް ފާހަގަ ކުރައްވާފައިވެއެވެ.

ދިވެހިންގެ ތެރޭގައި މިއޮތް އެއްބައިވަންތަ ކަމަކީ ބަޔަކުމީހުން ޙަސަދަވެރިވެދާނެ ކަމެއްކަމާއި މިކަމަށް ސަމާލުވުމަވެސް ވަނީ ހަނދާންކޮށްދީފައެވެ.

Rate this post