
ހިޔާ މަޝްރޫޢުގެ އެއްމެދު ޢިމާރާތްތަކުގެ ފުލެޓު ތަކުން އުފެދޭ ކުނި އެޅުމަށް ޚާއްޞަ ސަރަހައްދުތައް ކަނޑައަޅައިފި
ހިޔާ މަޝްރޫޢުގެ ފްލެޓުތައް ހިމެނޭ އެއްމެދު ޢިމާރާތްތަކުގެ ފުލެޓު ތަކުން އުފެދޭ ކުނިވާޒާތުގެ ކުނި އެޅުމަށް ޚާއްސަ ސަރަހައްދުތައް ކަނޑައަޅައިފި އެވެ.
މިކަމާ ގުޅޭގޮތުން އެޗް ޑީސީން ކޮށްފައިވާ އިޢުލާންގައިވަނީ 17 އޮގަސްޓް 2021 އިން ފެށިގެން ހުޅުމާލެ ފޭސް-2ގައި ޢިމާރާތް ކޮށްފައިވާ ހިޔާ 7000ގެ 16 ޓަވަރުން ފުލެޓު ލލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ފުލެޓުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކާއި ފުލެޓުތަކުގައި މަސައްކަތް ކުރަމުން ގެނދާ ފަރާތްތަކުގެ ގޭބިސީން އުފެދޭ ކުނިވާ ޒާތުގެ ކުނި، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން ރަސްމީކޮށް ޚިދުމަތް ފެށެންދެން ކުނި އުކާލުމަށްޓަކައި 6 ސަރަހައްދެްގައި ކުނިވަށި ބެހެއްޓިފައިވާނެކަމަށެވެ.
އަދި މި އިޢުލާނާ އެއްކޮށް ކުނިވަށި ބެހެއްޓިފައިވާ ސަރަޙައްދު އެނގޭނެހެން ކުރެހުން ވެސް ވާނީ އިޢުލާނާ އެކު އެއްކަރުދާސްކޮށަފައި ކަމަށެވެ.