ޕްރޮގްރެސިވް ކޯލިޝަންގެ ޚާއްސަ ދަތުރުތަކެއް ރާއްޖޭގެ ހުރިހާ ރަށަކަށް!

ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ރާއްޖޭގެ ހުރިހާ ރަށަކަށް ޚާއްސަ ދަތުތަކެއް ކުރަން ނިންމައިފި އެވެ.

އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވީ މިއީ “މަވެސް ޕީޕީއެމް”ގެ ނަމުގައި ކުރާ ދަތުރެއް ކަމަށެވެ. އަދި އެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

އިޝްތިހާރު Navee1 jpg

އޭނާ ވިދާޅުވީ ފުރަތަމަ ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ހއ. ގެ ރަށްތަކަށް ކަމަށެވެ.

އިޝްތިހާރު

“މި ދަތުރުގައި އެ އަތޮޅުގެ ވެސް ދެ ފަޅިއަކަށް ވަކި ވަކިން ކުރާނީ. އެގޮތުން ގައްލަންދޫ އެތެރެވަރީގެ ދެ ދާއިރާއަށް، އިސް ބޭފުޅެއްގެ ގޮތުން ވަޑައިގަންނަވާނީ ޕީއެންސީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު. ދައްބިތުގައި ހިމެނޭ ތިން ދާއިރާއަށް އިސްބޭފުޅެއްގެ ގޮތުން ވަޑައިގަންނަވާނީ ޕީޕީއެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނު.” ސުޖާއު ވިދާޅުވި އެވެ.

ހއ. އަށް ހޮނިހިރު ދުވަހު ފަށާ މިދަތުރުގައި 8 ދުވަސް ހޭދަކުރުމަށް ނިންމާފައިވާ އިރު، އެ އަތޮޅުގެ 14 ރަށަށް އެ ކޯލިޝަނުން ދިއުމަށް ވަނީ ނިންމާފަ އެވެ.

ސުޖާޢު އިތުރަށް ވިދާޅުވީ މި ދަތުރުތަކުގެ އެންމެބޮޑު ބޭނުމަކީ 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް، ޕީޕީއެމްގެ ރައީސް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މެނިފެސްޓޯ އެކުލަވައިލުމަށް އެ ޕާޓީގެ ޕޮލިސީ ޑިޕާންޓްމަންޓުން ކުރަމުންދާ މަސައްކަތަށް ބޭނުންވާ މައުލޫމާތު ހޯދުން ކަމަށެވެ.

ހަމަމިއާއެކު މެނިފެސްޓޯއަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ހޯދައި، ޕާޓީއާ އަލަށް ގުޅެން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް މި ދަތުރުގައި ދޭނެ ކަމަށް ސުޖާޢު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.