
އިތުރު 115 މީހުން ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ
ރާއްޖެއިން އިތުރު 115 މީހުން ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިއަދު ކޮވިޑަށް ޓެސްޓު ކޮށްފައިވަނީ 5،573 ސާމްޕަލެވެ.
އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން މިއަދު އެންމެ ގިނަ މީހުން ޕޮސިޓިވްވީ އަތޮޅުތެރެއިން ކަމަށެވެ. އެގޮތުން އަތޮޅުތެރެއިން 78 މީހުން ޕޮސިޓިވްވެފައިވާއިރު މާލެއިން 23 މީހުން ޕޮސިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ރިސޯޓުތަކުން ކޮވިޑް ޖެހިފައިވަނީ 12 މީހުންނަށެވެ. މިއަދު އިތުރަށް ޕޮސިޓިވްވެފައިވަނީ ސަފާރީތަކުން ދެ މީހުންނެވެ.
މިވަގުތު ކޮވިޑަށް ފަރުވާދެމުން ދަނީ 2،556 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އިތުރު 20 އަށް ވަނީ އަރާފައި އެވެ.
ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 74،758 އަށް އަރާފައި އެވެ. އަދި ބަލީގައި މިހާތަނަށް މަރުވެފައިވަނީ 221 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 77،547 މީހުންނެވެ.