ޕެޑްރޯ ކަސްޓިލޯގެ ސަރުކާރާއި ދެކޮޅަށް ޕެރޫގައި މުޒާހަރާ ކުރަނީ

ޕެރޫގެ ބޮޑުވަޒީރުކަމަށް ބޭފުޅަކު އައްޔަނު ކުރެއްވިތާ މަދު ދުވަސްކޮޅެއް ނުވަނީސް އެޤައުމުގެ ވާތުފިޔައިގެ ރައީސް ޕެޑްރޯ ކަސްޓިލޯއާއި ދެކޮޅަށް އެތައް ބަޔަކު ނިކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.

ޕެރޫގެ ވެރިރަށް ލީމާގެ މަގުތައްމައްޗަށް މުޒާހަރާއަށް ނިކުތް މީހުން ބުނަމުންދަނީ ބޮޑުވަޒީރު ގީޑޯ ބެލީޑޯއަކީ ނިރުބަވެރިއެއް ކަމަށާއި އަދި އެއީ ޝައިނިން ޕާތު ޖަމާއަތައް ހަމްދަރުދީވާ ފަރާތެއް ކަމަށެވެ. ޝައިނިންގ ޕާތަކީ 1980 އާއި 1990ގެ އަހަރު ތަކުގައި ޕެރޫގެ ވެރިކަން ގަދަކަމުން ހޯދުމަށް އެތައް ހާސް ބަޔަކު ޤަތުލު ކޮށްފައިވާ ހައްދުފަހަނައެޅި ޖަމާއަތެކެވެ.

އިޝްތިހާރު Below Header ad

މުޒާހަރާގެ ބައިވެރިން ވަނީ ކޮމިއުނިޒަމްއަށް ދެކޮޅުހަދާކަން ދައްކުވައިދޭ ބެނާތައް ހިފައިގެން ނިކުމެ ޓެރަރިޒަމަށް ދެން ދުވަހަކުވެސް ފުރުސަތެއް ނެތް ކަމަށް ބުނެ އަޑުގަދަ ކޮށްފައެވެ. އަދި މިއެއްވުމަށް ނިކުތް ގިނަ މީހުންނަކީ ފާއިތުވި ޖޫން މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ކަސްޓިލޯއާއި ވާދަކުރި ކެއިކީ ފުޖިމޯރީގެ ޕޮޕިއުލާ ފޯސް ޕާޓީގެ ސަޕޯޓަރުންކަން ވަނީ ފާހަގަ ވެފައެވެ. އެމީހުން ބުނަމުން ދިޔައީ ސަރުކާރުގެ ތެރޭގައި ޓެރަރިސްޓަކު ހުންނަން ބޭނުން ނުވާ ކަމަށާއި އެއީ ރައްޔިތުންގެ ހަމަބުއްދިއަށް ވެސް ކުރެވޭ މަލާމާތެއް ކަމަށެވެ.

ބޭރުގެ މީޑިއާތަކުގައި ބުނެފައި ވަނީ، ބޮޑުވަޒީރު ކަމަށް ބެލީޑޯ އައްޔަނު ކުރުމުން ކަސްޓިލޯއަށް ރިޔާސީ އިންތިހާބުގައި ވޯޓު ދިން މީހުންވެސް ކަސްޓިލޯއަށް ވޯޓު ދިނީ ކެބިނެޓަށް ހައްދުފަހަނަ އަޅާފައިވާ މީހަކު ހޮވާނެ ކަމަށް ހީކޮށް ނޫންކަމަށް ބުނެ ސޯޝަލް މީޑީޔާއާއި އެހެން ޕްލެޓްފޯމް ތަކުގައި ނުރުހުން ފާޅު ކުރަމުންދާ ކަމަށާއި، ކެބިނެޓަށް މެދުމިނުގެ މީހުން އައްޔަނު ކުރުމަށް ރިޔާސީ އިންތިހާބުގައި ވައުދު ވެފައިވާ ކަމަށް ބުނެ އަޑު އުފުލަމުންދާ ކަމަށެވެ.

ކަސްޓިލޯ ވެރިކަމަށް ހޮވިފައިވަނީ ޤައުމުގެ ފަގީރުންނަށް ޓަކައި ބަތަލަކަށް ވާނެކަމަށް ވައުދު ވަމުންނެވެ. އަދި ވެރިކަމުގެ ހުވާ ކުރުމަށްފަހު ބެލީޑޯ ބޮޑުވަޒީރުކަމަށް އައްޔަނު ކުރުމުން ކަސްޓިލޯގެ ތާއީދު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. ބެލީޑޯއަކީ ޕެރޫގެ ހައްދުފަހަނައެޅި ޖަމާއަތެއް ކަމަށްވާ ޝައިނިން ޕާތުގެ މެމްބަރުންގެ ދިފާއުގައި ފާއިތުވި އެޕްރިލް މަހު މީޑިއާ ތަކުގައި ފާޅުގައި ވާހަކަ ދައްކާފައިވާ ފަރާތެއް ކަމުން ރައްޔިތުނެގް ނުރުހުން އަމާޒުވެފައިވާ ފަރާތެކެވެ.

ސަރުކާރަށް ކަސްޓިލޯގެ އިތުބާރު އޮތްކަން ހާމަ ކުރައްވައި ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ، ސަރުކާރުގެ ކެބިނެޓަކީ ރައްޔިތުނެގެ ބައެއް ކަމަށާއި، އެމީހުން ޖަވާބުދާރީ ވާނީވެސް ރައްޔިތުންނަށް ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ގެއްލުވައި ނުލާނެ ކަމަށާއި، ރައްޔިތުންނަށް މިނިވަން، އިންސާފުވެރި އަދި ޤަދަރުވެރި ޤައުމެއް ބިނާ ކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.