ސިޔާސީ ހަތަރު ޕާޓީއަކަށް ފައިސާ ދޫކޮށްފި.

ހަތަރު ސިޔާސީ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ފައިސާ ދޫކޮށްފިއެވެ.

ޖުމްލަ 23.2 މިލިއަން ރުފިޔާ ގެ ފައިސާ މިއަދު ސިޔާސީ ޕާޓީތަކަށް ދޫކޮށްދައިވާއިރު ފައިސާ ދޫކޮށްފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމް، އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއަދު އިލެކްޝަންގައި ބޭއްބި ސިޔާސީ ޕާޓޯތަކުގެ ބައްދަލުވުމެއްގައި ޕާޓީތަކަށް ފައިސާ ދޫކޮށްފައިވާއިރު  އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ފައިސާ ދިނުން ލަސްވެގެން ދިޔައީ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ހަމަޖައްސަން ޖެހުނު ކަންކަން ހަމަޖެއްސުމަށް ކަމަށާއި ޕާޓީތަކަށް ފައިސާ ނުދީ ހިފެނެއްޓީ ގަސްތުގައި ނޫން ކަމަށެވެ.

އިލެކްޝަންސް އިން ޕާޓީތަކަށް ފައިސާ ދޫކޮށްފައިވަނީ ކޮންމެ ޕާޓީއެއްގައިވެސް އެ ޕާޓީއެއްގައި މެންބަރުން ތިބި ތިބި އަދަދަށް ބަލާފައި ޕާޓީގައި ހިމެނޭ ކޮންމެ ބޮލަކަށް 268.26 ރުފިޔާގެ ރޭޓުންނެވެ.

އެހެން ކަމުން އެންމެ ގިނަ ފައިސާ ލިބުނީ އެންމެ ބޮޑު ޕާޓީ ޕީޕީއެމްއަށެވެ.

37،633 މެމްބަރުން ހިމެނޭ އެ ޕާޓީއަށް 10.1 މިލިއަން ރުފިޔާގެ ފައިސާ ލިބިފައިވާއިރު އެންމެ މަދުން ފައިސާ ލިބިފައިވަނީ ޖުމްހޫރީ ޕާޓީއާއި އެމްޑީއޭ އަށެވެ.  އެގޮތުން ޖުމްހޫރީ ޕާޓީ އަށް 2.9 މިލިއަން ރުފިޔާ ލިބުނުއިރު އެމްޑީއޭއަށް ލިބިފައިވަނީ އެމްޑީއޭ 2.8 މިލިއަން ރުފިޔާއެވެ. 10989 މެމްބަރުން ހިމެނޭ އެމްޑީޕީއަށް ލިބިފައިވަނީ އެމްޑީޕީ އަށް ލިބިފައިވަނީ 7.3 މިލިއަން ރުފިޔާއެވެ.

ކޮންމެ ޕާޓީއަކަށްވެސް ފައިސާ ދޫކޮށްފައިވަނީ އެޕާޓީއެއްގައި ހިމެނޭ ސައްޚަ މެމްބަރުންނަށް ބަލާފައެވެ.

މީގެ ކުރިންވެސް ނިންމާފައިވާ ގޮތުގެ މަތިން 10،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ފައިސާ ދޫނުކުރުމަށް ނިންމާފައިވާއިރު 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަކީ އަދާލަތު ޕާޓީ އަދި ޑީއާރްޕީއެވެ. އަދާލަތު ޕާޓީގައި މިހާރު 7595 މެންބަރުން ތިބިއިރު ޑީއާރްޕީގައި ތިބީ 3966 މެންބަރުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.