ޚަބަރު ފީތާ

ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ އާ އިތުރު ބަޔަކު ޕީޕީއެމް އާ ގުޅިއްޖެ

އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާ އިތުރު ބަޔަކު ޕީޕީއެމް އާ ގުޅިއްޖެ އެވެ.

ޕީޕީއެމް އިން މިހާރު ކުރިއަށް ގެންދާ ޚާއްސަ ޖަލްސާގައި އެ ޕާޓިއާ ދެން ގުޅިފައިވަނީ އެމްޑީއޭގެ އަންހެނުންގެ ގޮފީގެ ރައީސާގެ މަގާމުގައި ހުންނެވި ނަޒީރާ އާއި މާލޭ ސިޓީ ކައުންސިލުގެ ހެންވޭރު އުތުރު ކުރީގެ މެމްބަރު މުހައްމަދު ފިޝާވިން އެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު ޢަބްދުﷲ ވިދާޅުވީ ރައީސް ޔާމީން އާ ވަކިވެ، އެހެން ވިސްނުމެއްގައި މަސައްކަތް ކުރެވުނީ ހެދުނު ވަރަށް ބޮޑު ގޯހަކުން ކަމަށެވެ.

މިރޭ ޕީޕީއެމް އާ ގުޅުނު މުޙައްމަދު ޢަބްދުﷲ (މުހަންމާ) އާއި ފިޝާވިން އަކީ ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި މީގެ ކުރިން ވެސް ހަރަކާތްރެރިވެފައިވާ ދެ ބޭފުޅުން ނެވެ.

“މަވެސް ޕީޕީއެމް” ގެ ދަށުން މި ދެ ބޭފުޅުންގެ އިތުރުން ވެސް އެހެން ބައެއް ފަރާތްތަކުން ވަނީ ޕީޕީއެމް އާ މިރޭ ގުޅިވަޑައިގެންފަ އެވެ.

Like
Like Love Haha Wow Sad Angry