ޖަރުމަނުގެ ކެމިކަލް ސައިޓެއްގައި އެއްޗެއް ގޮވައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ޖަރުމަނުގެ ކެމިކަލް ސަރަހައްދެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން އެކަކު މަރުވެ 16 މީހުންނަށް އަނިޔާ ވެއްޖެއެވެ.

މިހާދިސާ ހިނގާފައި ވަނީ މިއަދު ޖީ.އެމް.ޓީ ގަޑިން 7:40 ގައި ލެވަރކުސެން ސިޓީގައި ކެމިކަލް ކާރުޚާނާތައް އެކުލެވޭ ސިނާއީ ސަރަހައްދެއް ކަމަށްވާ ކެމްޕާކްގެ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައެވެ. މިހާދިސާގައި އެކަކު މަރުވެ އެތައް ބަޔަކު ޒަޚަމް ވުމުގެ އިތުރުން 4 މީހުން ގެއްލިފައިވާ ކަމަށްވެސް އެސައިޓްގެ އޮޕަރޭޓަރެއް ބޭރުގެ މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.

އިޝްތިހާރު Below Header ad

ކެމްޕާކްގެ ފަރާތުން ނެރުނު ބަޔާނެއްގައި ކެމްޕާކްގެ އޮޕަރޭޓަރ ކަރަންޓާ ބުނެފައިވަނީ، މިހިނގާދިޔަ ހާދިސާގެ ސަބަބުން ހިތާމަކުރާ ކަމަށާއި، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެންމެ ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

ސިނާއީ ސަރަހައްދުގައި އެއްޗެއް ގޮވި އަޑު އެތައް މޭލަކަށް ވަނީ އިވިފައެވެ. އަދި ބޯދުންތައް މުޅި ހިސާބަށް ފެތުރުމުން ކެމިކަލްގެ ސަބަބުން ސިއްޙީ ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށްޓަކައި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ބަންދު ކޮށްފައި ބެހެއްޓުމަށް ވެސް ވަނީ އިންޒާރު ދީފައެވެ.

chempark

މިހާދިސާއަށް ފަހު ފުލުހުން ވަނީ އެސަރަހައްދު ބަންދު ކޮށްފައި، އަދި އެސަރަހައްދުގައި ދުއްވާ އެއްޗެހި ދުއްވުމާއި މީހުން އެސަރަހައްދަށް ދިއުން ވެސް މަނާ ކޮށްފައެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ހޯދުމަށް ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ކެމްޕާކާއި ފުލުހުންގެ ފަރާތުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.