ޚަބަރު ފީތާ

އުމްރާގެ އަޅުކަމަށް މަސްޖިދް އަލްޙަރަމް ހުޅުވާލަނީ

އުމްރާގެ އަޅުކަން އަދާ ކުރުމަށް މުޙައްރަމް މަހުގެ 1 އިން ފެށިގެން ދުނިޔޭގެ އެކި ޤައުމުތަކަށް މަސްޖިދް އަލްޙަރަމް ހުޅުވާލުމަށް ނިންމައިފިއެވެ.

ސައުދީ މީޑިއާއެއްގައި ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އެކި ޤައުމުތަކުން އުމްރާގެ އަޅުކަން އަދާކުރުމަށް އަންނަ މީހުންނަށް މަރުހަބާ ކިއުމަށް އަދި އެމީހުންގެ ކަންތައްތައް ބެލެހެއްޓުމަށް 500 އަށްވުރެ ގިނަ ކުންފުނިތަކާއި ކޮންޓްރެކްޓަރުން ދަނީ ތައްޔާރު ވަމުންނެވެ. އުމްރާ ކުރުމަށް ދުނިޔެއެށް ހަރަމް ހުޅުވާލި ނަމަވެސް އުމްރާއަށް އައުމަށް ހުއްދަ ދެވޭނީ ހަމައެކަނި ކޮވިޑް ވެކްސިންގެ 2 ޑޯޒް ހަމަކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް ބޭރުގެ މީޑިއާގައި ހާމަ ކޮށްފައިވެއެވެ.

ސައުދީ އަރަބިއްޔާގެ ހައްޖު އަދި އުމްރާގެ ކަންތައްތަކާއި ބެހޭ ކޮމިޓީގެ މެމްބަރު އަލީ އަލްއަމީރީ މީޑީއާއަށް މަޢުލޫމާތު ދެއްވަމުން ބުނެފައިވަނީ، އުމްރާ ކުރުމަށް މީހުން ރެޖިސްޓްރީ ކޮށް ގެނެސްދޭން ބޭނުންވާ 6000 އަށް ވުރެ ގިނަ ބޭރުގެ އެޖެންސީތައް އެބަތިބި ކަމަށާއި އަދި 30 އަށްވުރެ ގިނަ ވެބްސައިޓާއި އޮންލައިން ޕޯޓަލް ވެސް އެބަހުރި ކަމަށެވެ. އަދި އުމްރާ ޕެކެޖްތަކަށް ސައުދީގެ ހައްޖު އަދި އުމްރާއާއި ބެހޭ ވުޒާރާއިން ހުއްދަ ދީފައިވާ ޕޯޓަލް ތަކުން އޮންލައިން ކޮށް ރެޖިސްޓްރީ ކުރެވޭނެ ކަމަށާއި، ސައުދީގެ ކުންފުނިތަކުން އުމްރާއަށް އަންނަ ފަރާތްތަކަށް ދަތުރުފަތުރާއި ހުރުމާއި މިނޫންވެސް ކަންތައްތައް ހަމަޖައްސައި ދޭނެ ކަމަށެވެ.

އަމީރީ ބުނެފައިވަނީ ސިއްޙީ ގޮތުން ރައްކާތެރިވާން ޖެހޭ ކަންތައްތަކާއި ގިނަ އަދަދެއްގެ މީހުންގެ ކަންތައްތައް ރައްކާތެރިކޮށް ބަލަހައްޓާނެ ގޮތުގެ ތަމްރީނުތައް މިހާރުވެސް އުމްރާގެ ކަންތައްތައް ބަލަހައްޓާ ފަރާތްތަކަށް ދޭން ފަށާފައިވާ ކަމަށެވެ.

Like
Like Love Haha Wow Sad Angry