
ރާއްޖޭގެ އެންމެންނަށް ކޮވިޑު ވެކްސިން ޖެހުމުގެ ޚާއްސަ ހަރަކާތެއް ފަށަނީ!
ރާއްޖޭގެ އެންމެންނަށް ކޮވިޑު ވެކްސިން ޖެހުމުގެ ޚާއްސަ ހަރަކާތެއް ފަށަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ މުނާސަބާގައި ގައުމާއި މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވީ އަންނަ އޯގަސްޓު މަހު މި ޕްރޮގްރާމު ފަށާނެ ކަމަށެވެ. އަދި ރާއްޖޭގައި އުޅޭ 90 އިންސައްތަ މީހުންނަށް ކޮވިޑު ވެކްސިން ޖެހުމަކީ އަމާޒެއް ކަަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި އުޅޭ އެންމެންނަށް ވެކްސިންގެ ދެ ޑޯޒު ޖެހޭ ވަރަށް ރާއްޖޭގައި ކޮވިޑު ވެކްސިން މިހާރު އެބަހުރި ކަމަށާއި އެހެންވެ، އޭގެ ބޭނުން އެންމެފުރިހަމަ ގޮތުގައި ހިފައި، އެންމެން ވެސް ވެކްސިން ޖަހާ ނިންމުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
Dhauru nimen kairi veemaa raiyyathun lossaane gotheh hoadhanee.