ރައީސް ނަޝީދުގެ ފުރާނަ ނަގާލުމަށް 2019 ވަނަ އަހަރުން ފެށިގެން އައީ ތައްޔާރުވަމުން: ސީޕީ ހަމީދު

ރައީސް ނަޝީދުގެ ފުރާނަ ނަގާލުމަށް 2019 ވަނަ އަހަރުން ފެށިގެން އައީ ތައްޔާރުވަމުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ކުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މިއަހަރުގެ މެއި 6 ވަނަ ދުވަހުގެ ރޭ، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާ އާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ.

އިޝްތިހާރު Below Header ad

ސީޕީ ހަމީދު ވިދާޅުވީ 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އަމަލީ މަސައްކަތް ފެށި ކަމަށާއި  މެއި މަހުގެ ހަވަނަ ދުވަހުގެރޭ ދިން ހަމަލާއަކީ އެފަދަ ހަމަލާއެއް ރޭވި ތިންވަނަ ފަހަރު ކަމަށެވެ.

“ރައީސް މުހައްމަދު ނަޝީދަށް ހަމަލާދީ އަވަހާރަކޮށްލަން ޖެހޭ ކަމަށް މިވަގުތު ހައްޔަރުކޮށްފައިވާ މީހުންނަށް ވިސްނައިދީ ނަސޭހަތްދިން ކަމަށް ތަހުގީގަށް ފާހަގަކުރެވުނު އެންމެ އިސް އެކަކު މިއަދު އައްޑޫ ސިޓީން ވަނީ ހައްޔަރުކޮށްފަ. އޭނާއަކީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީން.” ސީޕީ ހަމީދު ވިދާޅުވި އެވެ.

މީގެ އިތުރުން ޙަމީދު ވިދާޅުވީ އޭނާއަކީ 2017 ވަނަ އަހަރު މާލޭގައި ހިންގަމުން އައި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެޓިކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ އޮފީސްތެރޭގައި ބޮމެއް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން ދަނިކޮށް 2017 ވަނަ އަހަރުގެ އޭޕްރީލް 24 ވަނަ ދުވަހު ހައްޔަރުކުރެވި ތަހުގީގުކޮށް، އޭނާގެ މައްސަލަ ޝަރީއަތަށް ހުށައަޅާފައިވަނިކޮށް 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހު ބަންދުން ދޫކޮށްފައިވާ މީހެއް ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް، އެމަނިކުފާނުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލާފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ 8:20 ހާއިރު އެވެ.

މި ހަމަލާ އެމަނިކުފާނަށް ދީފައިވަނީ، ގެއިން ނިކުންނަވާ، ކާރުކޮޅަށް އަރައިވަޑައިގަތުމަށް ދަނިކޮށް އެސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައިގޮވުމެއް ގޮއްވާލައިގެން ނެވެ.

މި ހަމަލާގެ ސަބަބުން ރައީސް ނަޝީދު ވަރަށްބޮޑަށް ޒަޚަލްވެވަޑައިގެން، އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ހޯއްދަވާ އޮޕަރޭޝަންތަކެއް ވެސް ކޮށްފަ އެވެ. އަދި އެއަށްފަހު، ޖަރުމަނަށް ވަޑައިގެން އެގައުމުން ފަރުވާ ހޯއްދެވުމަށް ފަހު މިހާރުހުންނެވީ ލަންޑަނަށް ވަޑައިގެން ނެވެ.

މި ހަމަލާއާއި ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އެދި ފުލުހުން ވަނީ ޕީޖީ އޮފީހަށް ހުށައަޅާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. އެމީހުންނަށް ނުވިސްނޭތީ ތިކަން ކުރަން އެމީހުން ތިއުޅެނީ! އެހެނީ ﷲ ގެ އަދާވާތްތެރިން ބޮޑެތި ދުޝްމަނުން އެއްވެސް މީހެއްގެ އަތްދަށަކު ނުވާނެ! ދުވަހަކުވެސް ވެފައި ނެތެވެ. އެފަދަމީހުންގެ ހިއްޕެވުން ގަދަފަވާނެއެވެ. މިސާލަކަށް ބައްލަވާ ޝެރޯން، ނަމްރޫދު، ފިރުއައުނު، ޖައްސާސަތު! މިކަލޭގެވެސް ހިމެނިގެންދާނީ އެލިސްޓުގައެވެ. އެއްވެސް މީހަކަށް އޭނާ މަރައެއް ނުލުވޭނެ!

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.