ރަޝިއާ އާއި އިރުމަތީ ޔޫރަޕުން ރާއްޖެއަށް އިތުރު އެއަރލައިންތަކުގެ ދަތުރުތައް ފެށުމަށް ޓޫރިޒަމް މިނިސްޓްރީން މަޝްވަރާކޮށްފި

ރޫސީވިލާތާއި އިރުމަތީ ޔޫރަޕުން ރާއްޖެއަށް އިތުރު އެއާރލައިންތަކުގެ ދަތުރުތައްފެށުމުގެ މަޝްވަރާތަކުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުޞޫމް ބައިވެރިވެވަޑައިގަންނަވައިފި އެވެ.

އެގޮތުން ރޫސީވިލާތުގައި ގާއިމުކޮށްފައިވާ ޓުއަރއޮޕަރޭޓިންގ ދިވެހި ކުންފުންޏެއްކަމުގައިވާ ރިޒޯރޓުލައިފް ހޮލިޑޭސްއާއި ރެޑުވިންގްސް އެއަރލައިން އާއި ގުޅިގެން މޮސްކޯއާއި ރާއްޖެއާއި ދެމެދު ސީދާފުލައިޓުތައް ފެށުމުގެ ގޮތުން ޖުލައި 21 ގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި މިނިސްޓަރ މަޢުޞޫމު ބައިވެރިވެވަޑައިގެން ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި މައުލޫމަތު އެ އެއާރލައިން އޮޕްރޭޓުކުރާ ޒިއާޓުއާރސް އަދި މޮސްކޯގެ ޒުކޮވުސްކީ އިންޓަރނޭޝަނަލް އެއަރޕޯރޓުގެ ސީއީއޯ މރ. ތޯމަސް ވައިސްވިލާއާ ހިއްސާކޮށްދެއްވި އެވެ.

އިޝްތިހާރު Below Header ad

އެ ބައްދަލުވުމަށްފަހު ޒިއާޓުއަރސް އާއި ރިޒޯރޓުލައިފް ހޮލިޑޭސް އާއި ދެމެދު އެކަމާއި ގުޅޭގޮތުން އެމްއޯޔޫ އެއްގައި ސޮއެކުރުން އޮތެވެ.

ރިސޯރޓުލައިފުގެ ފަރާތުން އެމްއޯޔޫގައި ސޮއެ ކުރެއްވީ ސީއީއޯ މުޙައްމަދު ޝާޒު ވަލީދް އެވެ. ޒިއާޓުއާރސްގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ ސީއީއޯ އެވެ.

އެމްއޯޔޫގައި ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރަޝީޔާ މާރކެޓުގެ މުހިންމުކަމާއި، ރަޝިޔާގެ ފަތުރުވެރިންނަށް ރާއްޖެއިން އުފަލާއިއެކު މަރުހަބާ ކިޔަމުން ގެންދާނެކަން މިނސްޓަރ މަޢުޞޫމް ފާހަގަކުރެއްވި އެވެެ. އަދި ދިވެހިރާއްޖެ މަގުބޫލު މަންޒިލަކަށް ހެދުމަށް ރަޝިޔާގެ ޓްރެވަލް ޓްރޭޑް ޕާރްޓްނަރސް ކުރައްވާ މުހިންމު މަސައްކަތްތަކަށް ޝުކުރު އަދާ ކުރެއްވި އެވެ.

މީގެ އިތުރުން ޖުލައި 22 ވަނަދުވަހު ރިޒޯރޓުލައިފް އާއި ނޯރޑުވިންޑްސް އެއަރލައިންއާއި އެކުބޭއްވި މަޝްވަރާތަކުގައިވެސް މިނިސްޓަރ މަޢުޞޫމް ބައިވެރިވެވަޑައިގެން ރާއްޖެއަށް ދަތުރުފެށުމަށް އެއަރލައިންތަކަށް ހުރިފުރުސަތުތަކަށް އަލިއަޅުވާ ލެއްވި އެވެ.

ޚާއްސަކޮށް ގޭން އިންޓަރނޭޝަނަލް އެއަރޕޯރޓަށް ދަތުރުތައްފެށުމަކީ ސަރުކާރުން ވަރަށްބޮޑަށް އެދޭކަމެއްކަމުގައި ފާހަގަކުރެއްވި އެވެ.

Tourist 2 1

މި މަޝްވަރާތަކުގައި ވިލާ ހޮޓެލްސްގެ ސީއީއޯ އިބްރާޙިމް ސިޔާދު ޤާސިމް އާއި، ވިލާ ހޮޓެލެސްގެ ބިޒިނިސް ޑިވޮލްޕްމަންޓް ޑިރެކްޓަރ މުރާދު ހަސަން ވެސް ބައިވަރިވެވަޑައިގެންނެވި އެވެ.

ރިޒޯރޓުލައިފް ހޮލިޑޭސްގެ ދައުވަތަކަށް މިނިސްޓަރ މަޢުޞޫމް ކުރައްވާ މިދަތުރުގައި ޓޫރިޒަމް މިނިސްޓްރީގެ އެގުޒެކެޓިވް ޑިރެކްޓަރ ތޮއްޔިބު ޝަހީމް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

މި ދަތުރުގައި މޮސްކޯގައި ހުންނަ ރިޒޯރޓުލައިފް ހޮލިޑޭސްގެ އޮފީހަށް މިނިސްޓަރ ޒިޔާރަތްކުރައްވާ އެއޮފީސް ބައްލަވާލައްވާ، ސީއީއޯ ވަލީދު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވަމަށް ކުރައްވާ މިންނެތް މަސައްކަތް ފާހަގަކުރައްވާ، ވަލީދުއަށާއި ވަލީދުގެ ޓީމަށް ޝުކުރު އަދާކުރެއްވި އެވެ.

ރޫސީވިލާތާއި އިރުމަތީ ޔޫރަޕުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ދަނީ އިތުރުވަމުން ނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %23.8 އަކީ ރޫސީވިލާތުގެ ފަތުރުވެރިން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.