ޚަބަރު ފީތާ

އިންޑިއާގައި ކޮވިޑުން ރަނގަޅުވި 45،000 އަށްވުރެ ގިނަ މީހުންނަށް “ބްލެކް ފަންގަސް” ބަލި ޖެހިއްޖެ

އިންޑިއާގައި ކޮވިޑު-19 ޖެހި ރަނގަޅުވި މީހުންގެ ތެރެއިން 45،000 އަށް ވުރެ ގިނަ މީހުންނަށް ލޮލުގެ ފެނުން ގެއްލޭ “ބްލެކް ފަންގަސް” ބަލި ޖެހިއްޖެ އެވެ.

ބްލެކް ފަންގަސް ޖެހުމުން ނޭފަތާއި ސިކުނޑި އަދި ލޮލަށް ބަލީގެ އަސަރު ކުރެ އެވެ. ބައެއް މީހުންގެ ލޮލުގެ ފެނުން އެއްކޮށް ގެއްލިފައިވެސް އެބަ ހުއްޓެވެ

މިހާތަނަށް ކޮވިޑުން ރަނގަޅުވިތާ 18-12 ދުވަސް ތެރޭގައި 45،374 މީހަކަށް އެބަލި ޖެހިފައިވެ އެވެ.

އޭގެ ތެރެއިން ހަމައެކަނި މަހާރާޝްޓްރާ ސްޓޭޓާއި ގުޖުރާތު ސްޓޭޓުން 1،785 މީހުން މަރުވެފައިވެ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

މަރުވި މީހުންގެ ތެރެއިން ބައެއް މީހުން މަރުވެފައިވަނީ ހޮސްޕިޓަލަށް ފަރުވާ ހޯދަން ނުގޮސް ތިއްބަ އެވެ. މިބަލި ޖެހިގެން ގިނަ މީހުން މަރުވެފައިވަނީ ފަރުވާ ހޯދަމުންދާތާ މަހެއް ހާ ދުވަސް ފަހުންނެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "އިންޑިއާގައި ކޮވިޑުން ރަނގަޅުވި 45،000 އަށްވުރެ ގިނަ މީހުންނަށް “ބްލެކް ފަންގަސް” ބަލި ޖެހިއްޖެ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.