ކުރީގެ މިނިސްޓަރ މަލީހު ޕީޕީއެމް އާ ގުޅެނީ!

ކުރީގެ ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އިދިކޮޅު ޕީޕީއެމް އާ ގުޅިވަޑައިގަންވަން އުޅުއްވާކަމަށް އަޑުތައް ފެތުރެން ފަށައިފި އެވެ.

އިތުބާރުހުރި މަސްދަރަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަލީހު ޕީޕީއެމް އާ ގުޅިވަޑައިގަންނަވާނީ އެ ޕާޓީން މިރޭ ބާއްވާ ޚާއްސަ ހަފުލާގަ އެވެ. މި ހަފުލާ ކުޑައިރުކޮޅެއްގެ ތެރޭގައި ފަށާނެ އެވެ.

އިޝްތިހާރު Below Header ad

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރުކަން ކުރެއްވި މަލީހަށް މި ސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓަރުކަން ލިބިވަޑައިގަތީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގަ އެވެ.

ރައްޔިތުންގެ މަޖިލީހުން މަލީހުގެ އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މާރޗު މަހުގެ އެއްވަނަ ދުވަހު އެވެ. އަދި މާރޗު ދިހަވަނަ ދުވަހު މަލީހު ވަނީ ޖުމްހޫރީ ޕާޓީން އިސްތިއުފާ ދެއްވާފަ އެވެ.

އޭގެ ފަހުން މަލީހު ގެންދަވަނީ އެކިއެކި މަންސަތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނެވެ.

އެގޮތުން މާލެއާއި، ހުޅުމާލޭގެ އިންޖީނުގެ ގްރޭޓަރ މާލެ ގްރިޑް މެދުވެރިކޮށް ސިންކްރޮނައިޒް ކުރުމުން ވެސް މަލީހު ވަނީ އެކަމަށް ޢިޝާރާތް ކުރައްވާ ޓްވީޓެއް ކުރައްވާފަ އެވެ.

އެ ޓްވީޓުގައި މަލީހު ވިދާޅުވެފައި ވަނީ ރިވެތި ގޮތަކީ މި ޕްރޮޖެކްޓުގެ މޭސްތެރި ރައީސް ޔާމީނަށް ހައްޤު ޝުކުރު މިޓުވީޓުގައިވެސް ހިމެނުން ކަމަށެވެ. އަދި ބުރިޖަކުން މާލޭ ރައްޔިތުން ރަށު ބަންދުން ވީއްލަދީ ފެނާ, ކަރަންޓާއި, ޕައިބާ ކަނެކްޓިވިޓީއިން ގްރޭޓާ މާލެ ސަރަހައްދު ގުޅުވުމަކީ ޕީޕީއެމްގެ ތަރައްޤީ ކަމަށާއި އެމްޑީޕީއިން ދައްކަނީ ހޮޅި ވާހަކަ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.