ޚަބަރު ފީތާ

ސަރުކާރުގެ ގިނަ އަމަލުތައް ހުރީ އެމްޑީޕީގެ އާންމު މެންބަރުންނާއި ލީޑަރޝިޕަށް ބަލައިގަނެވޭނެ ގޮތަކަށް ނޫން: ހަސަން ލަތީފް

އެމްޑީޕީގެ ޗެއަރޕަރސަން އަލް އުސްތާޛު ހަސަން ލަތީފް

ސަރުކާރުގެ ގިނަ އަމަލުތައް ހުރީ އެމްޑީޕީގެ އާންމު މެންބަރުންނާއި ލީޑަރޝިޕަށް ބަލައިގަނެވޭނެ ގޮތަކަށް ނޫން ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ “ސަރުކާރު ކޯލިޝަންގައި އެމްޑީޕީގައި އޮތުމުގެ ބޭނުމެއް ނެތް” މި ނަމުގައި ކްލަބް ހައުސްގައި ހިނގަމުން ދިޔަ މަޝްވަރާއެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ނެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީ އިސްވެ އޮވެ ސަރުކާރު ހިންގަމުންދާ ގޮތުން އެމްޑީޕީއަށް ލިބޭ ގެއްލުން ވަރަށް ބޮޑު ކަމަށެވެ. އަދި ސަރުކާރުގެ ގިނަ އަމަލުތައް ހުރީ އެމްޑީޕީގެ އާންމު މެންބަރުންނާއި އެމްޑީޕީގެ ލީޑާޝިޕަށް ވެސް ބަލައިގަނެވޭނެ ގޮތަކަށް ނޫން ކަމަށެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ ފަރާތްތައް މިހާރު ފާހަގަވާ އިރު ވެސް އެއިން މީހަކަށް ފިޔަވަޅު އެޅޭ ތަނެއް ނުފެންނަ ކަމަށް ވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ. އަދި މި ސަރުކާރު ހިންގި ވެންޓިލޭޓަރުތަކުގެ ޚިޔާނާތުގެ މައްސަލާގައި ވެސް ހިމެނޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި ވެސް ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.

Like
Like Love Haha Wow Sad Angry

ޚިޔާލު 1 on "ސަރުކާރުގެ ގިނަ އަމަލުތައް ހުރީ އެމްޑީޕީގެ އާންމު މެންބަރުންނާއި ލީޑަރޝިޕަށް ބަލައިގަނެވޭނެ ގޮތަކަށް ނޫން: ހަސަން ލަތީފް"

  1. MDP verikamah genaee chartun beyrun kakan kuraakah noon. Nasheed dhevihifaafa hunnanee chartun beyrun kankan kuran. Natheeja akee MDP membarunge ethah qrubaanee akaaeku verikan libey irah verikan nuhifehettun.

Comments are closed.