ޚަބަރު ފީތާ

ބީއެމްއެލް ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރަށް ކުރާ މުޢާމަލާތައް ހިންގޭ ލިމިޓު ބޮޑުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރަށް ކުރާ މުޢާމަލާތައް ހިންގޭ ލިމިޓު ބޮޑުކޮށްފި އެވެ.

މިއަދު މި ގެނައި ބަދަލާއެކު، ކޮންމެ މަހަކު 500 ޑޮލަރުގެ މުޢާމަލާތް މިހާރު ބޭނުން ކުރެވޭނެ އެވެ.

އެހެންނަމަވެސް ބީއެމްއެލް އިން ބުނީ ކާޑުގެ ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް ބޭނުންކުރެވޭނީ މިހާރުވެސް ދީފައިވާ 250 ޑޮލަރުގެ ލިމިޓް ކަމަށެވެ. އަދި ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ބީއެމްއެލްގެ ކަސްޓަމަރުންނަށް މިހާރެކޭ ވެސް އެއްގޮތަށް ކޮންމެ ކާޑަކުން، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެ ކަމަށާއި ބޭސްފަރުވާ އާއި ތައުލީމާ ގުޅުން ހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާއިރު، ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.

އެ ބޭންކުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ރާއްޖެއިން ބޭރުގައި ކްރެޑިޓް ކާޑުގެ ލިމިޓު މަހަކު 200 ޑޮލަރަށް ކުޑަކޮށްފަ އެވެ. މިއީ ރާއްޖެ އިން ބޭރުވާ ޑޮލަރުގެ އަދަދު މަދުކުރުމަށް އެ ބޭންކުން އެޅި ފިޔަވަޅެކެވެ.

https://www.bankofmaldives.com.mv/storage/file/310/3323/faq-change-to-limits-on-bml-credit-cards-for-foreign-transactions-dv.pdf

https://www.bankofmaldives.com.mv/articles/451/changes-to-the-limits-on-bml-credit-cards-for-foreign-transactions

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ބީއެމްއެލް ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރަށް ކުރާ މުޢާމަލާތައް ހިންގޭ ލިމިޓު ބޮޑުކޮށްފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.