އެމެރިކާ އިން ރާއްޖެއަށް އަނެއްކާވެސް ސިއްހީ ސާމާނު ހަދިޔާ ކޮށްފި

އެމެރިކާ އިން ރާއްޖެއަށް ސިއްހީ ސާމާނު ހަދިޔާ ކޮށްފި އެވެ.

އެގޮތުން ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) ގެ ފަރާތުން ރާއްޖެއަށް ވަނީ ރެޕިޑް ޑައިގްނޮސްޓިކް ޓެސްޓް (އާރްޑީޓީ) ކިޓުގެ 100،000 ކިޓު ހަދިޔާ ކޮށްފަ އެވެ.

އިޝްތިހާރު Below Header ad

އެމެރިކާގެ ފަރާތުން ހެލްތު މިނިސްޓްރީއަށް މި ޓެސްޓު ކިޓުތައް ފޯރުކޮށްދީފައިވަނީ ޔޫއެސްއެއިޑް މެދުވެރިކޮށެވެ.

އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އަލައިނާ ޓެޕްލިޓްޒް ވިދާޅުވީ ސިއްހީ ޚިދުމަތް ދިނުމުގައި ދުނިޔޭގެ އެންމެ ކުރީގައިވާ ގައުމުގެ ހައިސިއްޔަތުން، އެމެރިކާއިން އަންނަނީ ރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އެހީވަމުން ކަމަށެވެ.

އެގޮތުން މި ހަދިޔާކުރާ 100،000 ޓެސްޓު ކިޓަކީ ބަލިމަޑުކަން ފެތުރުނު އިރުން ފެށިގެން ރާއްޖެއަށް ދެވޭ ފަސް މިލިއަން ޑޮލަރުގެ ތަކެތީގެ އެހީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާއިން ވަނީ މިދިޔަ މަހުގެ ތެރޭގައިވެސް ރާއްޖޭގައި ކޮވިޑް-19 ބާރު ދުވެއްޔެއްގައި ފެތުރެމުން އައި ދަނޑިވަޅުގައި ސިއްހީ ދާއިރާގައި ކޮވިޑް-19 ގައި ބަލިވާ މީހުންނަށް ފަރުވާ ދިނުމުގައި މަސައްކަތް ކުރަމުން އަންނަ ނަރުހުންނާއި ޑޮކްޓަރުންނަށް 184،000 ޕީޕީއީ ވަސީލަތް ފޯރުކޮށްދީފަ އެވެ. އަދި، އޭގެތެރޭގައި އަންގިޔާއި KN95 މާސްކާއި ޕްރޮޓެކްޓިވް ގޮގަލްސް ހިމެނެ އެވެ.

ހަމަމިޔާއެކު، 600 އޮކްސިމީޓަރާއި އެޔަށް ބޭނުންވާ 1،200 ބެޓެރީ ވެސް ވަނީ ފޯރުކޮށްދީފަ އެވެ.

އެމެރިކާގެ އެހީތެރިކަމުގެ ދަށުން ރާއްޖެއަށް ވަނީ 4.6 މިލިޔަން ޑޮލަރުގެ ވަސީލަތާއި، ތަމްރީނުތަކުގެ ފުރުސަތުތަކާއި ކޮވިޑްގައި ބަލިވެ ހާލުދެރަވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންވާ 60 ވެންޓިލޭޓަރު ވެސް ފޯރުކޮށްދީފަ އެވެ.

މީގެ އިތުރުން މީހުން ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމްތަކާއި 100 އަށް ވުރެ ގިނަ ނަރުހުންނާއި ޑޮކްޓަރުންނަށް ވަނީ ކޮވިޑް-19 ގެ ހާލަތުގައި ހަރަކާތްތެރިވާނެ ގޮތްގޮތާ ގުޅިގެން ތަމްރީންތައް ހިންގާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.