
ދަރަވަންދޫ ފުޓްސެލް ފިއެސްޓާ ފެށުން އަންނަމަހަށް ފަސްކޮށްފި
ބ. ދަރަވަންދޫ ކައުންސިލު އިދާރާއިން މި މަހު ބޭއްވުމަށް ނިންމާފައިވާ ދަރަވަންދޫ ފުޓްސެލް ފިއެސްޓާގައި އަންނަމަހަށް ފަސްކޮށްފި އެވެ.
އެ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނީ މިގޮތަށް ނިންމީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޖުލައި 11 ވަނަ ދުވަހު ނެރުނު އިޢުލާނާއި ގުޅިގެން ނެވެ.
އެޗްޕީއޭ ގެ އިޢުލާނުގައި ވަނީ ޢީދު ބަންދާއި ޗުއްޓީގައި ކުޅިވަރު މުބާރާތްތައް ނުބޭއްވުމަށް އިލްތިމާސް ކޮށްފަ އެވެ.
✳️ އީދު ބަންދާއި ޗުއްޓީގައި ދަތުރުކުރުމާއި އެކި އެކި ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަންދިނުން:https://t.co/zNDcN9YYxB
— Health Protection Agency (@HPA_MV) July 11, 2021
އެހެންކަމުން މި ފިއެސްޓާ ފެށުމަށް މިހާރުނިންމާފައިވަނީ އަންނަ އޯގަސްޓު މަހުގެ 15 ވަނަ ދުވަހު ކަމަށް އެ ކައުންސިލުން ބުނެއެވެ. އަދި މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުން، ޓީމު ލިސްޓަށް އެއްވެސް އުނި އިތުރެއް ގެންނަން ބޭނުން ނަމަ، އޯގަސްޓް 10 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ދަރަވަންދޫ ކައުންސިލުން ބުނެއެވެ.
”ދަރަވަންދޫ ފުޓްސެލް ފިއެސްޓާ 2021” ފެށުމަށް ކުރިންހަމަޖެހިފައި އޮތީ މި ޖުލައި މަހު 20 ވާ އަންގާރަ ދުވަހު އެވެ.
ހަމައެކަނި ދަރަވަންދޫގެ ޓީމުތަކަށް މި ފިއެސްޓާގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ އިރު، ކޮންމެ މުބާރާތެއްގައި ބައިވެރި ކުރެވޭނީ ވަކި ޓީމެއް ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.
ޓީމު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމާއި ޓީމު ލިސްޓު ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި ދަރަވަންދޫ ކައުންސިލު އިދާރާ އިން ލިބޭނެ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.
ފާއިތުވި އަހަރުތަކުގައި މި މުބާރާތް ބާއްވާފައިވަނީ އަންހެން އަދި ފިރިހެން މުބާރާތަކީ ދެ މުބާރާތެއްގެ ގޮތުގައި ނަމަވެސް، މިއަހަރު ބާއްވާނީ ފިއެސްޓާއެއްގެ ގޮތުގަ އެވެ.