ސައުދީ ރަސްގެފާނު ޓިއުނީޝިއާއަށް ސިއްހީި އަދި އެހެެނިހެން ބައެއް ސާމާނު ހަދިޔާ ކުރައްވައިފި
ސައުދީ ރަސްގެފާނު ޓިއުނީޝިއާއަށް ސިއްހީި އަދި އެހެެނިހެން ބައެއް ސާމާނު ހަދިޔާ ކުރައްވައިފި އެވެ.
ސައޫދީ ސަރުކާރުން ބުނީ މި ސާމާނު ޓިއުނީޝިއާއަށް ގެންދިޔައީ ސައުދީ އެއަރލައިން ގައި ކަމަށެވެ.
މިއީ ޓިއުނީޝިއާގައި ކޮވިޑު ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ފޮނުވި ސިއްހީ ސާމާނާއި ޓިއުނީޝިއާގައި ޢިމާރާތްކުރާ ސަލްމާން މިސްކިތަށް ބޭނުންވާ ސާމާނު ކަމަށް ވެސް ބުނެފައި ވެއެވެ.
އެގޮތުން މި ސާމާނު ގެންގޮސްފައިވަނީ ރިޔާދުގައި އޮންނަ ކިންގ ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓުން ޓިއުނީޝިއާ އެއަރޕޯޓަށް ކަމަށާއި މި ސާމާނު ގެންގޮސްފައިވަނީ ސައުދީ އެއަރލައިންގެ ދެ ބޯޓުގައި ކަމަށް ވެސް ބުނެފައި ވެއެވެ.