ނައިބު ރައީސް އެޗްއީއޯސީއަށް ޒިޔާރަތް ކުރައްވާ މަޢުލޫމާތު ހޯއްދަވައިފި

ނައިބު ރައީސް ފައިޞަލް ނަސީމް، ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އަށް ޒިޔާރަތް ކުރައްވާ މަޢުލޫމާތު ހޯއްދަވައިފި އެވެ.

ދަރުބާރުގޭގައި މިބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު އެވެ.

އިޝްތިހާރު Below Header ad

މި ބައްދަލުކުރެއްވުމުގައި އެޗް.އީ.އޯ.ސީގެ ބޭފުޅުން ވަނީ ރާއްޖޭގައި ކޮވިޑް-19 އާއި ގުޅޭ ގޮތުން ހުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ތަފްޞީލުކޮށްދެއްވާފަ އެވެ. އަދި ނައިބު ރައީސް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކޮވިޑް-19 ގެ ބަލި މީހުންގެ އަދަދު މިހާރު ދަށްވެފައި އޮތުމުން ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅުކަމުގައި ފާހަގަ ކުރައްވާފަ އެވެ.

އެހެންނަމަވެސް މި ފިޔަވަޅުތައް އަދިވެސް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރެވިދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ. އަދި އެމަނިކުފާނު ވަނީ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވެސް އޮޅުންފިލުވާފަ އެވެ.

އެގޮތުން މިހާރު އެތަންތަން ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ހޯއްދަވައި މިހާރު އޮތް ހާލަތަށް ބަލާފައި ފެސިލިޓީތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ވަނީ ވެކްސިން ދެވޭ މީހުންގެ ނިސްބަތް އިތުރުކުރުމަށާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ބާރުއަޅުއްވަން ޖެހޭ ކަމަށް ވިދާޅުވެ ފައެވެ. އަދި އެޗް.އީ.އޯ.ސީން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވަނީ މިހާރު ރައްޔިތުންނަށް ލުއި ދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ތަފްޞީލުކޮށްދެއްވާފަ އެވެ.

މީގެ އިތުރުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ނުދިއުމުގެ މުހިންމު ކަމަށާއި މޮނިޓަރިންގއަށް ލާފައިވާ ރަށްތަކަށް ނުދިއުމަށް އެޗް.އީ.އޯ.ސީގެ ބޭފުޅުން ވަނީ ބާރުއަޅުއްވައި ވާހަކަ ދައްކަވާފަ އެވެ.

މި ބައްދަލުކޮށްލެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން، މިނިސްޓަރ އޮފް ހެލްތާއި، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި، އެޗް.އީ.އޯ.ސީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.