ދެކުނު އޭޝިއާގެ ޤައުމުތަކުން ފަތުރުވެރިން ރާއްޖެއަށް އެތެރެވުމާއިބެހޭ ގަވާއިދު ޢާންމުކޮށްފި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި ގޮތެއް ކަނޑައަޅަންދެން ދެކުނު އޭޝިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިން ނުވެވޭނެ ކަމަށް އެ އެޖެންސީން ބުނެފި އެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ ވަކިގޮތެއް އަންގަންދެން ސައުތު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކްއިން ނުވެވޭނެ ކަމަށެވެ. ނަމަވެސް މާލޭގައި ފަތުރުވެރިން ޓްރާންސިޓްވާން ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާ ގެސްޓްހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާ ވާނެ ކަމަށެވެ.
އެހެންނަމަވެސް މާލޭގައި ފަތުރުވެރިން ފުރުމަށްޓަކައި ޓްރާންސިޓްކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓްހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާ ވާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ސައުތު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިން ކުރުމަށް ހުޅުވާލުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅައި އެކަން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އަންގާނެ ކަމަށް އެ އެޖެންސީން ވަނީ ބުނެފަ އެވެ.
ކޮވިޑާއި ގުޅިގެން އެޗްޕީއޭއިން ވަނީ ދެނުކު އޭޝިއާގެ ފަތުރުވެރިނަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފަ އެވެ. އެ ނިންމުން އުވާލާ މިމަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެޗްޕީއޭއިން މިއަދު ވަނީ ދެކުނު އޭޝިއާއިން ރާއްޖެ އަންނަ ފަތުރުވެރިންނާ ގުޅޭގޮތުން ނޫސް ބަޔާނެއް ނެރެފަ އެވެ.
އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުން ފަތުރުވެރިން ރާއްޖެއަށް އަންނަން ފަށާނެ އެވެ.
ދެކުނު އޭޝިއާގެ ޤައުމުތަކުން ފަތުރުވެރިން ރާއްޖެއަށް އެތެރެވުމަށް ހުޅުވާލުމާގުޅޭ: https://t.co/Ymyc1EdDFw
— Health Protection Agency (@HPA_MV) July 13, 2021