ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަނީ ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތައް އަނބުރާލުން: ޕީޕީއެމް

ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަނީ ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތައް އަނބުރާލުން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް) އިން ބުނެފި އެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ކުރިން ތަޙުޤީޤު ނިމިފައިވާ މައްސަލައެއްގެ ތަޙުޤީޤު އަލުން ފެށުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތާމެދު ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި އެއީ ސިޔާސީ ނުފޫޒުން ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ.

އިޝްތިހާރު Below Header ad

އެ ޕާޓީން ބުނީ ޕްރޮގްރެސިވް ޕާޓި އޮފް މޯލްޑިވްސް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 2021 ޖުލައި 9 އަދި 11 ވަނަ ދުވަހު ފުލުހަށް ހާޒިރުކޮށްފައިވަނީ މީގެ ކުރިން ފުލުހަށް ހާޒިރުކޮށް، ބަޔާން ނަގާ، އެންމެހާ ބަޔާންތަކުގައި ސޮއި ކުރައްވާ ތަޙުޤީޤު މުޅިން ނިމިފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން މިއީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑު ވާ މައްސަލައެއް ކަމަށާއި މައްސަލަ ކުރިއަށް ގެންދާ ގޮތާއިމެދު ރައީސް ޔާމީން ގެ ފަރާތްޕުޅުން އެކަން ސާފުކޮށްދިނުމަށް އެދި ސުވާލު ކުރުމުންވެސް އެކަމަށް އިޖާބަ ދިނުމެއް ނެތްކަން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި މަޖުބޫރުން ތަޙުޤީޤު ނިމިފައިވާ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ކުރަމުން ގެންދާ މަސައްކަތަކީ، ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

“މިފަދައިން ތަޙުޤީޤު ނިމި ބަޔާން ތައް ނަގާ، ބަޔާންތަކުގައި ސޮއިކޮށް ނިމިފައިވާ މައްސަލަތައް އިރުއިރުކޮޅާ ނަގާ ތަޙުޤީޤުތައް ތަކުރާރު ކުރާނަމަ، އެއްވެސް މައްސަލައެއްގެ ތުހުމަތުގައި ހުންނަ ފަރާތެއްގެ ތަޙުޤީޤު ނިމޭނެ ދުވަހެއް އަންނާކަމަށް ނުބެލެވެއެވެ. ރައީސް ޔާމީން ގެ މައްސަލައިގެ ތަޙުޤީޤެއް އަލުން ފަށާފައި މިވަނީ، ސަރުކާރާއި މެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުންތައް އިތުރުވެ، ރައްޔިތުންގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވަމުންދާ މިދަނޑިވަޅުގައި، ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލުމުގެ ބޭނުމުގައެވެ.” ޕީޕީއެމް ގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެ މައްސަލައިގެ ތެރެއަށް އިތުރު ކަންކަން ވައްދާ، އެމަނިކުފާނަށް ދެމުން ގެންދާ ނުޙައްޤު އަނިޔާ ތަކުރާރު ކުރުމުގެ ބޭނުމަކީ، ސަރުކާރު ނިސްބަތްވާ ޕާޓީ ކުދިން ރުއްސުމަށް ހިންގާ ސިޔާސީ ޙަރަކާތެއްގެ ގޮތުގައި ރައްޔިތުންވެސް އެކަން ސިފަ ކުރަމުންދާ ކަން ޕީޕީއެމް އިން ވަނީ ފާހަގަ ކޮށްފަ އެވެ،

އެހެންކަމުން، ފުލުހުންގެ މުއައްސަސާއިން ސިޔާސީ ނުފޫޒުތަކަށް ތަބާވުމެއް ނެތި، ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް، ޤާނޫނީ ގޮތުން ލިބިފައިވާ ބާރުގެ ބޭނުން ކުރެއްވުމަށް ޕީޕީއެމް އިން ވަނީ ގޮވާލާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ސިޔާސީ ފަރާތްތަކުންވެސް ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލައި ރައީސް ޔާމީނަށް ދެމުން ގެންދާ އަނިޔާ ހުއްޓާލުމަށްވެސް ގޮވާލާފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.