
ބީއެމްއެލް ސްޓިމިއުލަސް ލޯނަށް އެދުމުގެ ސުންގަޑިއަކީ ޖުލައި 17!
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރަމުން އަންނަ ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދުމުގެ ސުންގަޑިއަކީ ޖުލައި 17 ވަނަ ދުވަސް ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ އެ ލޯން ދޫކުރަމުން އަންނަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދީގެން ކަމަށެވެ. އަދި އެ ލޯން ސްކީމަކީ ވަކި އަދަދެއް ކަނޑައެޅިފައިވާ ލޯން ސްކީމެއް ކަމަށެވެ.
މީގެ އިތުރުން މިހާތަނަށް ބޭންކުން ބަލައިގެންފައިވާ ލޯން އެޕްލިކޭޝަންތަކުގެ އަދަދު ވެސް ލޯން ސްކީމަށް ކަނޑައަޅާފައިވާ ލިމިޓަށްވުރެ އިތުރު ކަމަށް ވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.
ބީއެމްއެލް އިން ބުނީ ލޯނަށް އެދި އެހާތަނަށް ބޭންކަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށްފަހު، އެފަންޑުގައި ބާކީ ފައިސާ ހުރެއްޖެނަމަ އަލުން ލޯނަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.