ފަތިސް ހަނދުވަރު ފިލްމަށް ޚާއްސަކޮށްގެން ކްލަބް ހައުސްގައި ޝޯވއެއް ބާއްވަނީ!

މީގެ 23 އަހަރު ކުރިން ރާއްޖޭގެ ފިލްމީ މަަސައްކަތަަށް ބޮޑު އިންގިލާބެއް ގެނައި “ފަތިސް ހަނދުވަރު” ފިލްމަށް ޚާއްސަކޮށްގެން ކްލަބް ހައުސްގައި ޝޯވއެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

މިއީ ރާއްޖޭގެ ފިލްމީ ޚަބަރުތައް އެއްވެސް ވަރުބަލިކަމެއް، ފޫހިކަމެއް ނެތި ގެނެސްދޭ އޮންލައިން “މުނިއަވަސް” ގެ ފަރާތުން ގެނެސްދޭ ޝޯވ އެވެ.

އިޝްތިހާރު Below Header ad

މުނިއަވަސް އިން ބުނީ ”ފަތިސްހަނދުވަރު“ ފިލްމަަށް ޚާއްޞަކޮށްގެން ކްލަބްހައުސްގައި ބާއްވާ މި ޝޯވ އޮންނާނީ މި ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ރޭ 22:00ގައި ކަމަށެވެ.

”މުނިއަވަސް ނިއުޒް އަވަރ – ފަތިސްހަނދުވަރު ސްޕެޝަލް“ގެ ނަމުގައި ގެނެސްދޭ މި ޝޯވގައި އެ ފިލްމާ ބެހޭގޮތުން މިހައިތަނަށް ގެނެސްދީފައިވާ ނުވާ ގިނަ ވާހަކަތަކެއް ގެނެސްދޭނެ ކަަމަށް ބުންޏެވެ.

ފިލްމުގެ ލީޑް ކުޅެފައިވާ މޫސާ މަނިކު (ރީކޯ މޫސަ)، ނިޢުމާ މުޙައްމަދު، ފިލްމުގެ ވާހަކަ ލިޔުންތެރިޔާ އިބްރާހީމް ވަހީދު (ބިންމާ)، ފިލްމުގެ ޕްރޮޑިއުސަރ އަސްލަމް ރަޝީދު އަދި ފިލްމުގެ ޑައިރެކްޓަރ ޢީޝާ ޝަރީފް ވެސް މި ޝޯވ ގައި ބައިވެރިވާނެ ކަމަށް މުނިއަވަސް އިން ބުނެފައި ވެއެވެ.

މުނިއަވަސް އިން ބުނީ މި ޝޯވ ގައި ފިލްމުގެ ތަރިންނާއި ކްރޫ އާއި ވަގުތުން ސުވާލުކުރުމުގެ ފުރުޞަތު ވެސް ހުޅުވާލާނެ ކަމަށެވެ.

މުނިއަވަސްގެ އުއްމީދަކީ މި ޝޯވގައި ރާއްޖޭގެ އެންމެހައި ފިލްމީ ފަންނާނުން ބައިވެރިވެ، ރާއްޖޭގެ ފިލްމީ ހަޔާތުގެ މި “އައިކޮނިކް” ފިލްމު އުފެއްދުމުގެ މަސައްކަތްތައް ކުރިއަށްދިޔަ ގޮތާމެދު ލިބޭ މަޢުލޫމާތުން ވަރަށް ގިނަ މަންފާ ކުރާނެ ކަމަށެވެ. އަދި ފިލްމު އުފެއްދުމަށް ޝައުޤުވެރިވާ ފަރާތްތަކާއި ފިލްމީ ދާއިރާއަށް ލޯބިކުރާ ފަރާތްތަކަށް މޭވަވެތި މަޢުލޫމާތުތަކެއް ލިބޭނޭ ކަމަށެވެ.

މި ފުރުޞަތުގައި ފިލްމު ”ފަތިސްހަނދުވަރު“ގައި ޝާމިލްވާ ބޭފުޅުންގެ ތެރެއިން މުހިންމު ބޭފުޅުންކޮޅެއް މި ޝޯވގެ ދަޢުވަތު ޤަބޫލުކުރެއްވިކަމަށްޓަކައި މުނިއަވަސް ޓީމުގެ ފަރާތުން ވަނީ ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުދަންނަވާފަ އެވެ. އަދި އީސަ އޮންލައިން ޕޮއެޓްރީގެ ފަރާތުން މެދުކެނޑުމެއް ނެތި މުނިއަވަސް އަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ޢީސާ ޝަރީފަށް ވެސް ވަރަށް ޚާއްޞަ ޝުކުރެއް ވަނީ ދަންނަވާފަ އެވެ.

“މުނިއަވަސް ނިއުޒް އަވަރ” އަކީ ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން މުނިއަވަސް އިން ކްލަބްހައުސް މެދުވެރިކޮށް ވަގުތުން ގެނެސްދެމުން އަންނަ ޝޯވ އެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.