ޚަބަރު ފީތާ

ހިސާންގެ ބޮލަށް ބިލު ޖަހާ، ހިސާން ހަވަރަށް ދީފި: މިކާއިލް

ފޮޓޯ: މަޖިލިސް އިދާރާ

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމުމާއެކު، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ގެ ހޫނު ރައްދެއް އެމްޑީޕީއަށް އަމާޒު ވެއްޖެ އެވެ.

މީކާއިލް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައި މިވަނީ ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާލަން ނިންމުމާއި ގުޅިގެން ނެވެ.

ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރަމުން މީކާއީލް ވަނީ ސަރުކާރުން އެ ބިލު ދިފާއު ކުރަން އެއްވެސް މަސައްކަތެއް ނުކުރައްވާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެގޮތުން އެ ބިލު މަޖިލީހަށް ފޮނުވީ ސަރުކާރުން ކަމަށާއި މިބިލު ފޮނުވުމަށްފަހު ސަރުކާރުން މިބިލް ހިސާން ބޮލަށް ޖަހާފައި ހިސާން ހަވަރަށް ދީފައިވާ ކަމަށް މީކާއިލް ވަނީ ވ ިދާޅުވެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އޮތީ ވެރިކަން ކުރާ އެމްޑީޕީގެ “ފިޑި ސުޕަރ މެޖޯރިޓީއެއް” ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިބިލަށް ވާހަކަ ދެއްކެވި މެމްބަރުންގެ ތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުމެއް އުފެދިފައިވާކަން އެ މެމްބަރުންގެ ވާހަކަތަކުން ދޭހަވެފައި ވެއެވެ. އަދި ބަހުގެ ހޫނު ހަމަލާތަކެއް ވެސް ދަނީ ބަދަލު ކުރަމުން ނެވެ.

Like
Like Love Haha Wow Sad Angry
1

3 ޚިޔާލުތައް ގައި "ހިސާންގެ ބޮލަށް ބިލު ޖަހާ، ހިސާން ހަވަރަށް ދީފި: މިކާއިލް"

  1. އުދުހޭކޮކާ | ޖުލައި 8, 2021 at 17:33 |

    ތިޔައީ ލާދީނީ މީހެއްކަން އެނގޭ ފާސް ނުވިކަން އެއީ ނަސީބެއް.ފާސްވީނަމަ ވެރިކަން އެކޮޅުކޮޅުން ވެއްޓޭނެ. ލާދީނީ ގަމާރު.

  2. ހަރުކަށިފިކުރޭ އަމަޔޭކިޔައިގެންވެސް އެމްޑީޕީ މަޖްލިސްގެ މުޝްރިކުންބޭނުންވަނީ މިރާއްޖެއިން އިސްލާމްދީީން ފިލުވައިލާނެ ބިލެއްފާސްކުރާނެ ގޮތެއްވޭތޯބެލުން ވަރަށްވަރަށްާާ‘ ސާފް އިނގޭތޯ

  3. މައްމަވެސް ތިޔައީވެސް ބޮޑުވެގެންވާ ލާދީނީ ޕަޕެޓުން.
    ޕޮށް.ޕޮށް.ޕޮށް

Comments are closed.