އިންޓަރކަނެކްޝަންގެ މަސައްކަތެއް މާދަމާ ކުރަނީ، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިދާނެ!

އިންޓަރކަނެކްޝަންގެ މަސައްކަތެއް މާދަމާ ކުރަން ނިންމާފައިވާތީ، މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓުގެ ޚިދުމަތް ކެނޑިދާނެ ކަމަށް ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މިއީ އިންޓަރކަނެކްޝަން މެދުވެރިކޮށް މާލެ، ހުޅުމާލެ އަދި ހުޅުލެ، އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި މާދަމާ ހެނދުނު 7:00 އިން 9:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އިޝްތިހާރު Below Header ad

ސްޓެލްކޯ އިން ބުނީ މިގަޑިތައް ބަޔާން ކޮށްފައިވީނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ޚިދުމަތް އަލުން ދޭނެ ކަމަށެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން މަޢާފަށް އެދޭ ކަމަށް ވެސް ސްޓެލްކޯޯ އިން ބުނެ އެވެ.

ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް ޕްރޮޖެކްޓްގެ ދަށުން މާލެ، ހުޅުލެ އަދި ހުޅުމާލޭގައި ބޮޑު 6 ޓްރާންސްފޯމަރު ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.

އެގޮތުން މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރ، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ އިޢުލާން ކުރައްވާފަ އެވެ.

މިއީ މާލެ ސަރަހައްދަށް ޖަމާވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން އަހަރަކު ގާތްގަނޑަކަށް 7 އިންސައްތަ ކަރަންޓުގެ ޑިމާންޑް އިތުރު ވުމުގެ ސަބަބުން ދިމާވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލު ގެނައުމަށް ހިންގާ މަޝްރޫއެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.