ކޮވިޑާއި ގުޅިގެން އެމްއެމްސީ އިން މީޑިއާތަކަށް ދޫކުރި ފާސް އުވާލައިފި

ކޮވިޑް-19 އާއި ގުޅިގެން ކޮވިޑާއި ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މީޑިއާތަކަށް ދޫކުރި ފާސް އުވާލައިފި އެވެ.

އެމްއެމްސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ފާސް އުވާލީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު، 08 ޖުލައި 2021 އިން ފެށިގެން އުވާލުމަށް ސަރުކާރުން ނިންމާފައިވާތީ ކަމަށެވެ.

އިޝްތިހާރު Below Header ad

މި ފާހަކީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ކުރިން އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކުގެ ސަބަބުން، މީޑިއާތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެގޮތުން، ބޭރަށް ނުކުމެ އުޅޭއިރު، މީޑިއާތަކުން ބޭނުންކުރުމަށް އެ ކައުންސިލުން ދޫކޮށްފައިވާ ޚާއްސަ ފާހެކެވެ.

މި ފާސް އުވާލީ މިއަދު (08 ޖުލައި 2021) އިން ފެށިގެން ކަމަށް ވެސް އެމްއެމްސީން ބުނެފައި ވެއެވެ.

މީގެ އިތުރުން ފާސް ދޫކުރުމަށްޓަކައި އެ ކައުންސިލުން އެކުލަވާލައި އާންމުކުރި، “އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ގަޑިތަކުގައާއި ބޭރަށް ނުކުތުން މަނާގަޑިތަކުގައި ނޫސްވެރިން ބޭނުންކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ޚާއްސާ ފާހެއް ދޫކުރުމާބެހޭ އުސޫލު” ވެސް 08 ޖުލައި 2021 އިން ފެށިގެން އުވާލެވޭނެ ކަމަށް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން، މި އުސޫލުގެ ދަށުން މީޑިއާތަކަށް ދޫކޮށްފައިވާ އެއްވެސް ފާހެއް 08 ޖުލައި 2021 އިން ފެށިގެން ބޭނުން ނުކުރުމަށް އެ ކައުންސިލުން ވަނީ އަންގާފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ކޮވިޑް-19 ގެ ހާލަތަކާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ނޫސްވެރިންނަށް އަލުން ފާހެއް ބޭނުންވެއްޖެ ހިނދެއްގައި، ސަލާމަތީގޮތުން މިހާރަށްވުރެ ރަނގަޅު ސިފަތަކެއް (ފީޗަރސް) ހިމެނޭ ފާހެއް ދޫކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާނެ ކަމަށް އެމްއެމްސީން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކުރި ކާފިއުގެ ހާލަތުގައި ނޫސްވެރިންނާއި މީޑިއާތަކުން ދިން އެއްބާރުލުމަށް އެ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.