ރާއްޖެއިން އިތުރު 139 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ރާއްޖެއިން އިތުރު 139 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އިއްޔެގެ އިރުއޮއްސި 6 ން މިއަދުގެ އިރުއޮއްސި 6 އަށް ޕޮޒިޓިވް ވެފައިވަނީ މާލޭ ސަރަހައްދުން 26 މީހުންނާއި އަތޮޅު ތެރެއިން 81 މީހުންނާއި ރިސޯޓަކުން 8 މީހުން ނެވެ. އަދި ލައިވް ބޯޑުތަކުން 2 މީހުންނާއި އިންޑަސްޓްރިއަލް ރަށްތަކުން 22 މީހަކު ވެސް ޕޮޒިޓިވްވެފައި ވެއެވެ.
މިއަދުގެ އަދަދާއެކު މިވަގުތު ރާއްޖޭގައި 74،724 މީހުންނަށް ކޮވިޑު ޖެހިފައިވާ އިރު، މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 71،567 އަށް އަރާފަ އެވެ.
ހޮސްޕިޓަލްގައި އެޑްމިޓްކޮށް 22 މީހުންނަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ 213 މީހުން ނެވެ.
✳️ COVID-19 : Case Updates pic.twitter.com/GY8JDleBid
— Health Protection Agency (@HPA_MV) July 7, 2021